logologologologo
STO
ވިޔަފާރި

ބީއެމްއެލްގެ ފޮރެކްސް އިންވެސްޓްމަންޓްގެ ނަފާ މިހާރު ޑޮލަރުން ލިބޭނެ

ބީއެމްއެލްގެ ފޮރެކްސް އިންވެސްޓްމަންޓްގެ ނަފާ މިހާރު ޑޮލަރުން ލިބޭނެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 05

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ތައާރަފްކުރި އެފްއެކްސް (ފޮރެކްސް) އިންވެސްޓްމަންޓްގެ ނަފާ މިހާރު ޑޮލަރުން ލިބޭނެ ގޮތަށް ހިދުމަތް އިތުރަށް ފުރިހަމަކޮށްފިއެވެ.

ބީއެމްއެލްގެ އެފްއެކްސް އިންވެސްޓްމަންޓަކީ ކޮންމެ ދުވަހަކު ހުޅުވާލެވޭ އެކި މިންވަރަށް ފައިދާ ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މަޢުލޫމާތު ލިބިގަތުމާއެކު، އިންވެސްޓްކުރުމުގެ މުޢާމަލާތް އޮންލައިންކޮށް ފަސޭހަކަމާއެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކްގެ މޯބައިލް އެޕް އަދި އިންޓަނެޓް ބޭންކިން ފުރިހަމަ ކުރެވޭނެ އިންވެސްޓްމެންޓެކެވެ.

ބީއެމްއެލް އިން މިއަދު ވިދާޅުވީ، ފޮރެކްސް އިންވެސްޓްމަންޓްގެ ހިދުމަތް މިހާރު ކުރިއަށްވުރެ ބޮޑަށް ހަރުދަނާކޮށް އިތުރަށް ފުރިހަމަކުރެވިފައިވާ ކަމަށެވެ.

"މި އިންވެސްޓްމަންޓުން ލިބޭ ނަފާއާއި އިންވެސްޓްކުރި އަދަދު ޖަމާވާނީ ޑޮލަރުން. އަދި އިންވެސްޓްމަންޓްގެ މުއްދަތު ހަމަވުމުން، އިންވެސްޓްކުރި އަދަދު ރަސްމީ އެކްސްޗޭންޖް ރޭޓުގައި ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ،". އެ ބޭންކް އިން ވިދާޅުވިއެވެ.

މި އިންވެސްޓްމެންޓްތައް ހުޅުވާލެވިފައިވަނީ އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ގޮތުގައިކަމަށް ވާއިރު، %25 އާ ހަމައަށް ފައިދާ ލިބޭނެ ފުރުސަތު ވަނީ ފަހިކޮށްދެވިފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް