2 ވަނަ ކުއާޓަރުގައި ބީއެމްއެލްއަށް 1.3 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް: %21 ގެ ބޮޑު ކުރިއެރުމެއް

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %21 ގެ ކުރިއެރުމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހާމަކޮށްފިއެވެ.
މިއަދު އާންމުކުރި މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، ފުރަތަމަ ހަ މަސްދުވަހު ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރޭގައި ހިމެނެނީ:
- އިންޓްރެސްޓް އާމްދަނީ: 1.6 ބިލިއަން ރުފިޔާ
- ފީ އާއި ކޮމިޝަން: 830 މިލިއަން ރުފިޔާ
އާމްދަނީއާ އަޅާބަލާއިރު ހިންގުމުގެ ޚަރަދު ވަނީ %28 ގައި ހިފެހެއްޓިފައެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރަށް އެކަނި ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ފުރަތަމަ ހަ މަސްދުވަހުގެ ޖުމްލަ ހިންގުމުގެ ފައިދާއަކީ 1.8 ބިލިއަން ރުފިޔާ އެވެ.
ނިމިދިޔަ ޖޫން މަހުގެ ނިޔަލަށް ބީއެމްއެލްގެ ބެލެންސް ޝީޓް އިތުރަށް ވަރުގަދަވެފައިވާއިރު، މުހިންމު މާލީ އަދަދުތަކަކީ:
- ޖުމްލަ އެސެޓް: 62.8 ބިލިއަން
- ކަސްޓަމަރުންގެ ޑިޕޮސިޓް: 41.6 ބިލިއަން
- ޖުމްލަ ލޯނު ޕޯޓްފޯލިއޯ: 30.5 ބިލިއަން
މީގެއިތުރުން، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކި ދާއިރާތައް ކުރިއެރުވުމަށްޓަކައި ބޭންކުން ވަނީ މުޅިން އަލަށް 8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.
ބީއެމްއެލްގެ ޚިދުމަތްތަކާއި ޑިޖިޓަލް ވަސީލަތްތައް ހަރުދަނާކުރުމަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ދަށުން، ފާއިތުވި ހަ މަސްދުވަހު ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ގެދޮރުވެރިކަމުގެ ފައިނޭންސިންގ ފުރުސަތުތައް ފުޅާކުރުމާއި، 'މައިންޑްކޯ' އާ ގުޅިގެން 'މޯލްޑިވްސް އޭއައި ލެބް' އިފްތިތާހުކުރުން ހިމެނެއެވެ. އަދި ލީޑަޝިޕް ތަރައްގީކުރުމުގެ މަސައްކަތްތަކާއެކު، ބައިނަލްއަގުވާމީ ދަރަނި މާލީ ބާޒާރުތަކަށް ވަނުމަށް ބޭންކުން ދަނީ ތައްޔާރުވަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)