logologologologo
STO
ޚަބަރު

ކުރީގެ ސަރުކާރުތަކަށް ތަރައްޤީ ނުކުރެވުނު ވިޔަފާރި ބަނދަރު މަޝްރޫޢު 2027 ގައި ނިމޭނެ: ސަޢީދު

ކުރީގެ ސަރުކާރުތަކަށް ތަރައްޤީ ނުކުރެވުނު ވިޔަފާރި ބަނދަރު މަޝްރޫޢު 2027 ގައި ނިމޭނެ: ސަޢީދު
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 04

ކުރީގެ ސަރުކާރުތަކަށް ތަރައްޤީ ނުކުރެވުނު ވިޔަފާރި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު 2027 ގައި ނިމޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ވަޒީރު ސަޢީދު ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ މާލޭވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ވަށާޖެހޭ ނިޒާމަކާއި އެކު ވިޔަފާރި ބަނދަރުގައި ބައިނަލްއަޤްވާމީ ކަނޑުގެ ބަނދަރާއި، އަތޮޅުތެރެ އާއި ރިސޯޓްތަކަށް ޚިދުމަތްދޭ ބަނދަރާއި، ވިޔަފާރީގެ ގުދަން ކުރުމާއި، ގަނެވިއްކާ ސަރަހައްދުތައް ވެސްހިމެނޭގޮތަށް ތަރައްޤީކުރަން ފަށާފައިވާ ބިޔަމަޝްރޫޢް މިހާރު ކުރިއަށް ދާ ކަމަށެވެ.

ސަޢީދު ވިދާޅުވީ ރަޢީސް ޑރ. މުޢިއްޒު އެވަނީ އެކަން ނިންމަވާނެ ތާރީޚްވެސް ޢިޢުލާނުކުރައްވާފައި ކަމަށާއި ނޮވެމްބަރ 2027 ގައި އެ މަޝްރޫޢު ނިމި ޚިދުމަތް ގެންދާނެ ކަމަށެވެ.

މީގެއިތުރުން ސަޢީދު ވިދާޅުވީ މިހާރު މޯލްޑިވްސް ޕޯޓްސްލިމިޓެޑުން ގެންދަވަނީ ފުޅާދާއިރާއެއްގައި ވިޔަފާރިވެރިންނާވެސް މިކަމުވައި މަޝްވަރާކުރައްވަމުން ކަމަށެވެ.

 

View post on Twitter


މާލޭ ވިޔަފާރި ބަނދަރުގެ މަޝްރޫޢަކީ ވެސް، މީގެ ކުރީސަރުކާރުތަކުން ކުރަން ކުރަން ކިޔަކިޔާ ނުފެށި ލަސްވެގެން ގޮސްފައިވާ މުޙިއްމު މަޝްރޫޢުއެއް ކަމަށާއި މިކަން ނުނިމި ލަސްވުމަކީ ރާއްޖޭގެ އިޤްތިޞާދު އެހެންހަރުފަތަކަށް ގެންދިއުމަށް އެޅިފައިވާ ބޮޑުހުރަހެއް ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް