logologologologo
STO
ޚަބަރު

ޓްރެފިކް މައްސަލައަށް އަވަސް ހައްލެއް ހޯއްދުމަކީ ޤައުމީ ފެންވަރުގެ އިސްކަމެއްގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވާފައި: ސަޢީދު

ޓްރެފިކް މައްސަލައަށް އަވަސް ހައްލެއް ހޯއްދުމަކީ ޤައުމީ ފެންވަރުގެ އިސްކަމެއްގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވާފައި: ސަޢީދު
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 22

​މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ ޤައުމީ ފެންވަރުގެ އިސްކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ގެންދިޔަ 25 ވަނަ ބިޒްނަސް ކައުންސިލް ބައްދަލުވުމަށްފަހު ވަޒީރު ސަޢީދު ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި ކައުންސިލްގެ މެމްބަރުންނާއެކު، ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ދަށުން އެއްގަމު ދަތުރުފަތުރުގެ ދާއިރާއަށް އައިސްފައިވާ އެންމެ ފަހުގެ ކުރިއެރުންތަކާ މެދު މަޝްވަރާކުރެވުނު ކަމަށެވެ.

ސަޢީދު ވިދާޅުވީ ގްރޭޓަރ މާލެ މޮބިލިޓީ ފްރޭމްވޯކްގެ ދަށުން، އެދެވޭ އަދި މާނަހުރި ބަދަލުތަކެއް ގެނައުމަށް އަމާޒުކޮށްގެން ސިލްސިލާ އިސްލާހުތަކެއް ހުށަހަޅާފައިިވާ ކަމަށެވެ.

ސަޢީދު އިތުރަށް ވިދާޅުވީ ​ރައީސުލްޖުމްހޫރިއްޔާ ވަނީ ގްރޭޓަރ މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިރުޝާދާ އެއްގޮތަށް، ގްރޭޓަރ މާލެ ސަރަހައްދަކީ "ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯން" އެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދެމެހެއްޓެނެވި، ފުރިހަމަ ހައްލުތަކެއް ހޯދައިދިނުމަށްޓަކައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެންނާއި ކަމާބެހޭ އެންމެހާ އިދާރާތަކާއެކު ބަދަހި ގުޅުމުގެ ތެރެއިން މި ނިންމުން ތަންފީޒު ކުރެވިގެންދާނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް