ވަޒީރު ސަޢީދުގެ އިތުބާރު ނެތްކަމުކެ މައްސަލައެއް އެމްޑީޕީން ހުށަހަޅައިފި

ވަޒީރު ސަޢީދުގެ އިތުބާރު ނެތްކަމުކެ މައްސަލައެއް އެމްޑީޕީން ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުންނެވެ.
އެމްޑީޕީގެ 13 މެންބަރުން ސޮއިކުރައްވައި ހުށަހެޅި މައްސަލައިގައި ވަނީ ވަޒީރުންނާ ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސަޢީދު އިހުމާލުވެ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަޒީރުން ކުރުން މަނާ ކަންކަން ކުރައްވައިފައިވާ ކަމަށް، އެ މައްސަލައިގައި ވެއެވެ.
އެމްޑީޕީން ސަޢީދުގެ މައްޗަށް ހުށަހެޅި މައްސަލައިގައި ވަނީ 6 ކަމެއް ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމާއި ޑިވެލޮޕްމެންޓް ބޭންކުގެ ޚިދުމަތްތައް ނުފެށި ލަސްވުމާއި ޓައުންޝިޕް ތައާރަފުކޮށްފައިވުން ފަދަ ކަންކަން ހިމެނެއެވެ.
ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ވެސް އިޤްތިޞާދީ ވަޒީރުކަން ކުރެއްވި ހިންގުންތެރިއެއްކަން ފާހަގަ ކުރެވެއެވެ. އެއަށްފަހު ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ސަޢީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފައެވެ.
މި މައްސަލަ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ހުށަހެޅި ނަމަވެސް މި ދައުރުގައި ރައްޔިތުންގެ މަޖިލީހުގައި އޮތީ ސަޢީދު ނިސްބަތްވާ ޕީއެންސީގެ ސުޕަ މެޖޯރިޓީއެއް ކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)