logologologologo
STO
ޚަބަރު

ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 03

ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.

މިއަހަރުގެ ޖޫން މަހު ރާއްޖެއަށް 125،891 ފަތުރުވެރިން އައިސްފައިވާއިރު، ޖުލައި މަހު ވަނީ 184،735 ފަތުރުވެރިން އައިސްފައެވެ. މިއީ ގާތްގަނޑަކަށް 46 އިންސައްތައިގެ ކުރިއެރުމެކެވެ.

ނަމަވެސް، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ 1.9 އިންސައްތައިގެ ދަށްވުމެކެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވި ހުރަސްތަކެވެ.

އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތަފާސްހިސާބުތަކަށްބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ފެބުރުއަރީ މަހުގައެވެ.

މިއަހަރުގެ ފުރަތަމަ ހަތް މަހު ފަތުރުވެރިން ޒިޔާރަތްކުރި އަދަދަށް ބަލާއިރު ޖަނަވަރީ މަހު 227،403، ފެބުރުވަރީ: 254،55، މާރިޗު: 161،25، އޭޕްރީލް: 152،86، މޭ: 142،555، ޖޫން: 123,552، ޖުލައި: 184،735 ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުން ދައްކައެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން އެންމެ ގިނައިން ދަނީ ރިސޯޓްތަކަށެވެ. އެގޮތުން 902،228 ފަތުރުވެރިން ރިސޯޓްތަކުގައި މަޑުކޮށްފައިވެއެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 277،894 ފަތުރުވެރިން، ހޮޓާތަކުގައި 29،401 ފަތުރުވެރިން އަދި ސަފާރީ އުޅަނދުފަހަރުގައި 23،503 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،924 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ބައިނަލްއަޤުވާމީ ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަންނަނީ ސާބިތުކަމާއެކު ކުރިއަރަމުންނެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް