logologologologo
STO
ދުނިޔެ

އިސްރާއީލުން ޣައްޒާގެ މިސްކިތަކަށް ހަމާލާދީ ބިމާހަމަކޮއްލައިފި

AFP
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 29

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާއަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި ފަލަސްތީނުގެ މީހަކު ޝަހީދުވެ، 12 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. މި ޙަމަލާތަކުގައި ޣައްޒާގެ މިސްކިތަކާއި ގެދޮރު ގެއްލިފައިވާ ސަތޭކައަށްވުރެ ގިނަ މީހުން ދިރިއުޅެމުންދިޔަ ޓެންޓްތަކެއް ވަނީ އެއްކޮށް ހަލާކުވެފައެވެ.

އަންގާރަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާތަުގައި ޣައްޒާ ސިޓީގެ ވައިއެމްސީއޭ އިމާރާތް ކައިރީގައި ހުރި "އަލްމުއްތަޤީން" މިސްކިތަށް ވަނީ ސީދާ ޙަމަލާދީ ބިންމާހަމަކޮށްލާފައެވެ.

ބޭރުގެ ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ޣައްޒާގެ މެދުތެރެއަށާއި އުތުރުގެ ސަރަޙައްދުތަކަށް އަމާޒުކޮށް ސިލްސިލާ ވައިގެ ހަމަލާތަކެއް ވަނީ ދީފައެވެ.

  • އަލްމުއްތަޤީން މިސްކިތް: ޙަމަލާދިނުމުގެ ކުރިން އެ ސަރަޙައްދަށް އިންޒާރު ދިން ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލިބުނީ ވަރަށް ކުރު ވަގުތުކޮޅެކެވެ.
  • ނުސީރާތު ކޭމްޕަށް ދިން ޙަމަލާ: ނުސީރާތު ރެފިއުޖީ ކޭމްޕުގެ ބާޒާރު މައްޗަށް ދިން އެހެން ޙަމަލާއެއްގައި ފަލަސްތީނުގެ މީހަކު ވަނީ ޝަހީދުވެފައެވެ. އަދި މަދުވެގެން 20 މީހުން ޒަޚަމްވެފައިވާ ކަމަށް ސިއްޙީ އޮފިޝަލުންނާ ހާމަކުރެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާ އިސްވެއޮވެ ހަމަޖެއްސި "ހަމަލާތައް ހުއްޓާލުމުގެ" އެއްބަސްވުމުގެ ދަށުން، ބައިނަލްއަޤްވާމީ އެސްޓެބިލައިޒޭޝަން ފޯސްގެ ފުރަތަމަ ޓީމުތަކަށް ޣައްޒާއަށް ވަނުމުގެ ހުއްދަ ދިނުމުގެ މާއްދާއެއް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ނިމުނު އާދީއްތަ ދުވަހު ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ޣައްޒާގެ އިތުރުން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބެތުލެހެމް ކައިރީގައިވާ އަބޫ ނަޖީމްގައި، އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ އިޒްރޭރުގެ ވަޒަންވެރިން ވަނީ ފަލަސްތީނު އާއިލާއެއް ދިރިއުޅޭ ގެއެއްގައި ރޯކޮށްލާފައެވެ.

ޕަލަސްތީނިއަން ރެޑް ކްރެސެންޓުން ބުނި ގޮތުގައި، މި ޙަމަލާއާ ގުޅިގެން އެ ގޭގައި ދިރިއުޅޭ 8 މީހަކު ވަނީ ފުރާނަ ސަލާމަތްކުރުމަށް އެ ސަރަޙައްދުން ފިލާފައެވެ. އިޒްރޭރުގެ ވަޒަންވެރިން ވަނީ ގޭގައި ރޯކޮށްލުމުގެ ކުރިން ކާރެއްގައި ރޯކޮށް، ގޭގެ ފާރުތަކުގައި ގްރަފިޓީ ކުރަހާފައެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ އޮތޯރިޓީތަކުން އަންނަނީ ހުޅަނގު އައްސޭރީގެ ޖެނީން ގަވަރނަރޭޓުން ފަލަސްތީނުގެ 20 ހެކްޓަރުގެ ބިން ފޭރުމަށް އަސްކަރީ އަމުރުތަކެއް ނެރެމުންނެވެ.

ޖެނީން ސެޓްލްމަންޓް އެފެއާޒްގެ އޮފިޝަލެއް ކަމަށްވާ ތާރިޤް އަޤްބާރިއްޔާ ވިދާޅުވި ގޮތުގައި، ފާއިތުވި ދެ ދުވަހު ޖެނީންގެ ދެކުނުގެ ރަށްތައް ކަމަށްވާ އަރާބާ، ޤަބާޠިޔާ، އަދި މިސިލްޔާ ސަރަޙައްދުތަކުން ބިންތައް ފޭރުން ވަނީ އިތުރުވެފައެވެ.

ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މި ނެރުނު އަމުރުތަކުގެ ތެރެއިން 14 އަމުރަކީ 11.3 ކިލޯމީޓަރަށް ވުރެ ދިގު އަސްކަރީ މަގުތައް ހެދުމަށާއި، އިސްރާއީލު ސަރުކާރުން އަލަށް ހުއްދަދީފައިވާ ޣައިރުޤާނޫނީ ސެޓްލްމަންޓް އައުޓްޕޯސްޓްތައް ފުޅާކުރުމަށް ނެރެފައިވާ އަމުރުތަކެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް