logologologologo
STO
ޚަބަރު

ހުޅުމާލެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ބަލަންފަށައިފި

ހުޅުމާލެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ބަލަންފަށައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 20

ހުޅުމާލެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ، މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް 2026 ޖުލައި 20 ވަނަ ދުވަހުގެ ފަތިހު 3:47 ހާއިރު، ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން އާންމުކުރައްވާފައިވާ ފޮޓޯއިން ފެންނަނީ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ މަންޒަރެވެ.

ނަމަވެސް ގެއްލުން ދީފައި ވަނީ ކޮން މިސްކިތަކަށް ކަމެއް ފުލުހުން ހާމަކުރައްވައިފައެއް ނުވެއެވެ.

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ރާއްޖޭގައި އާންމު ކަމެއް ނޫން ނަމަވެސް ދޭތެރެއަކުން މިފަދަ ހިތާމަވެރި ހާދިސާތައް ވެސް ހިނގާ ކަމީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް