logologologologo
STO
ޚަބަރު

މެސީ ދެކެ ބިރެއް ނުގަނޭ، ބިރުގަންނަނީ ރެފްރީ ދެކެ: ކުކުރެއްޔާ

މެސީ ދެކެ ބިރެއް ނުގަނޭ، ބިރުގަންނަނީ ރެފްރީ ދެކެ: ކުކުރެއްޔާ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 19

އާޖެންޓީނާގެ ލެޖެންޑް ލިއޮނަލް މެސީ ދެކެ ބިރު ނުގަންނަ ކަމަށާއި ބިރުގަންނަނީ ރެފްރީ ދެކެ ކަމަށް ​ސްޕެއިންގެ ޑިފެންޑަރު މާކް ކުކުރެއްޔާ ބުނެފިއެވެ.

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި މިރޭ ސްޕެއިން އާޖެންޓީނާ ބައްދަލު ކުރާ މެޗާއި ގުޅިގެން ​ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ކުކުރެއްޔާ ބުނެފައިވަނީ ސްޕެއިން ޓީމުން މެސީ ދެކެ ބިރު ނުގަންނަ ކަމަށާއި، ނަމަވެސް އެމީހުން ޖެހިލުންވަނީ މެޗުގެ ރެފްރީއާމެދު ކަމަށެވެ.

​މި ނޫސްވެރިޔާ ކުރި ސުވާލަކީ "ލިއޮނަލް މެސީއާ ކުރިމަތިލާން ސްޕެއިން ޖެހިލުންވޭތަ؟"
ކުކުރެއްޔާ ޖަވާބުގައި ބުނީ "ލިއޮނަލް މެސީ؟ ނޫން. އަހަރެމެން މެސީ ދެކެ ބިރެއް ނުގަނޭ. އަހަރެމެން ބިރުގަންނަނީ ރެފްރީ ދެކެ."

ކުކުރެއްޔާގެ މި ވާހަކައާއެކު ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ބޮޑު ސަމާލުކަމެއް ވަނީ އުފެދިފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ މި އިޝާރާތް ކުރީ ބައެއް މުހިއްމު މެޗުތަކުގައި ރެފްރީންގެ ނިންމުންތައް މަޝްހޫރު ކުޅުންތެރިންނަށް ފޭވަރ ކުރާ ކަމަށް ދެކެވޭ ވާހަކަތަކަށެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ކުރިއަށް ދިޔަ ވޯލްޑް ކަޕް 2026 މިރޭ ނިމިގެންދާއިރު، މެސީއަށް ރެފްރީން ޚާއްޞަ ގޮތަތަކެއް ގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު ފީފާއަށާއި މުބާރާތުގެ ރެފްރީންނަށް ފާޑުކިޔަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

އާޖެންޓީނާ މިރޭ ފައިނަލަށް ނިކުންނައިރު އެ ޓީމުން ވަނީ އެންމެ ފަހުންބޭއްވި ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައި ކަން ފާހަގަ ކުރެވެއެވެ. 2022 ވަނަ އަހަރު ޤަޠަރުގައި ބޭއްވި މި ވޯލްޑް ކަޕް އާޖެންޓީނާ ކާމިޔާބު ކުރީ ފައިނަލްގައި ފްރާންސްއާ ބައްދަލުކޮށްގެންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް