އާޖެންޓީނާ އިންގްލެންޑް މެޗްގެ ރެފްރީ ދަނޑުމަތީގައި ކުރި ސަޖިދައަށް ގިނަ ބައެއްގެ ތަޢުރީފް

ފީފާ ވޯލްޑް ކަޕް ސެމީ ފައިނަލްގައި އާޖެންޓީނާ އިންގްލެންޑް ބައްދަލުކުރި މެޗްގެ ރެފްރީ ދަނޑުމަތީގައި ކުރި ސަޖިދައަށް ގިނަ ބައެއްގެ ތަޢުރީފް ލިބިއްޖެއެވެ.
މީސްމީޑިއާގައި ޚިޔާލު ފާޅުކޮށްފައިވާ މީހުން ބުނެފައިވާ ގޮތުގައި އާޖެންޓީނާއިން އުފާ ފާޅުކުރަމުން ދިޔައިރު އަދި އިންގްލެންޑުން ހިތާމަކުރަމުންދިޔައިރު، ހުރިހާ ކަމަކަށްވުރެ ބޮޑަށް ދަނޑުމަތިން ފާހަގަކޮށްލެވުނީ އެންމެ ސަޖިދައެކެވެ.
އެމެރިކާގެ ރެފްރީ އިސްމާޢީލް އަލްފާތު މެޗު ނިމުނުކަމުގެ ކަށިގަނޑު ފުންމާލުމަށްފަހު، ޝުކުރުވެރިވުމުގެ ގޮތުން ވަގުތުން ﷲ އަށް ސަޖިދަޖެހިއެވެ.
މިލިއަނުން ބެލުންތެރިން ބަލަންތިއްބާ، ކުޅެވުނު އަދި ނިންމުންތައް ނިންމަންޖެހުނު މުހިންމު 90 މިނެޓުގެ ބޮޑު ޕްރެޝަރުގައި، އޭނާ ރެފްރީކަން ކުރި މި މެޗަކީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު މެޗެވެ.
ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗަށް އިންސާފުކޮށް ނިންމުމަށްފަހު، އޭނާގެ ފުރަތަމަ ރިއެކްޝަނަކީ އަމިއްލަ ސަމާލުކަމަށްޓަކައި އުފާފާޅުކުރުމުގެ ބަދަލުގައި، ﷲ އަށް ޝުކުރު ދެންނެވުމަށް ބޯލެނބުމެވެ.
މޮރޮކޯގެ ނަސްލުން އައިސްފައިވާ އެމެރިކާގެ ރެފްރީއަށް، ދަނޑުމަތީގައި ދެއްކި ހަމަޖެހޭ ކުޅަދާނަ މަސައްކަތަށާއި، ދެއްކި އިޚްލާޞްތެރި ޝުކުރުވެރިކަމުގެ ސަބަބުން ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ.
ރެފްރީގެ މި ޢަމަލަކީ އެންމެ ބޮޑު ކާމިޔާބީއަކީ ހުރިހާ ފުރުޞަތެއް މިންވަރުކުރައްވާ ފަރާތް ދުވަހަކުވެސް ހަނދާން ނައްތާނުލުން މުހިއްމުކަން ހަނދާންކޮށްދޭ ވަރުގަދަ މެސެޖެކެވެ.
އިތުރަށް





.gif.gif&w=828&q=100)