މިރޭ އިޒްރޭލުގެ ބޮޑުވަޒީރު، ނަތަންޔާހޫ ސަޕޯޓް ކުރަނީ އާޖެންޓީނާއަށް ކަމަށް ބުނެފި

މިރޭ ރާއްޖެ ގަޑިން 00:00 ގައި ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ހައްދުފަހަނަ އަޅާފައިވާ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތެންޔާހޫ ސަޕޯޓް ކުރަނީ އާޖެންޓީނާ އަށް ކަމަށް ބުނެފި އެވެ.
ނަތެންޔާހޫ މިކަން ހާމަ ކޮށްފައި ވަނީ އާޖެންޓީނާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ ސަފީރު އާޖިންޓީނާގެ ޖާރޒީ އެއް ނަތެންޔާހޫ އާއި ހަވާލު ކުރުމަށް ބޭއްވި ހަފްލާއެއްގަ އެވެ.
އާޖެންޓީނާގެ މިހާރުގެ ރައީސް ހާވިއޭ މިލެއި އަކީ ޔަހޫދީ ދީނުގެ ފިކުރާއި އިސްރާއީލަށް އޮތް ތާއީދު ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރައްވަމުން އަންނަ މީހެކެވެ. މީގެ ކުރިން ބޭއްވި އެކި ބައްދަލުވުންތަކުގައި އޭނާ ވަނީ އަމިއްލަ ނަފްސު ސިފަކުރަމުން، އޭނާއަކީ "ދުނިޔޭގައި ހުރި އެންމެ ބޮޑު ޒަޔަނިސްޓު ރައީސް" ކަމަށް ބުނެފައެވެ.
މިލެއި ވެރިކަމަށް އައި ފަހުން އިސްރާއީލާ އެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްފައިވާއިރު، ނަތަންޔާހޫގެ މި ވާހަކަތަކުން ދޭހަވަނީ ދެ ޤައުމުގެ ވެރިންގެ ދެމެދުގައި އޮތް ސިޔާސީ އަދި ފިކުރީ ގާތްކަމެވެ.
މިރޭ ކުޅޭ ފައިނަލް މެޗުގައި އާޖެންޓީނާއިން ވާދަ ކުރަންޖެހޭނީ ޔޫރަޕުގެ ޗެމްޕިއަނުން ކަމަށްވާ ސްޕެއިން އާއެެވެ.
މި މެޗުގެ ހެޑް-ޓު-ހެޑް ރެކޯޑަށް ބަލާއިރު، ދެ ޓީމު މިހާތަނަށް ކުޅުނު 16 މެޗުގެ ތެރެއިން ދެ ޓީމުވެސް ވަނީ 6 މެޗުން މޮޅުވެ، 2 މެޗު އެއްވަރުވެފައެވެ. މިރޭގެ ފައިނަލް މެޗުގެ މެދުތެރެއިން އިންސާފުކުރާނީ ސްލޮވީނިއާގެ ރެފްރީ ސްލާވްކޯ ވިންޗިޗް އެވެ.
ދެ ޓީމު ފައިނަލަށް ދަތުރުކުރި ގޮތް
- ސްޕެއިން: ގްރޫޕް އެޗްގެ އެއްވަނަ ހޯދީ ސައުދީ އަރަބިއްޔާ އާއި އުރުގުއާއީ ބަލިކޮށް، ކޭޕް ވާޑްއާ އެއްވަރުވެގެންނެވެ. ނޮކްއައުޓް ބުރުގައި އޮސްޓްރިއާ (3-0)، ޕޯޗުގަލް (1-0)، ބެލްޖިއަމް (2-1) ބަލިކުރުމަށްފަހު، ސެމީ ފައިނަލްގައި ވަރުގަދަ ފްރާންސްގެ މައްޗަށް 2-0 އިން ކުރި ހޯދިއެވެ.
- އާޖެންޓީނާ: ގްރޫޕް ޖޭގެ އެއްވަނަ ހޯދީ އަލްޖީރިއާ، އޮސްޓްރިއާ އަދި އުރުދުން ބަލިކޮށްގެންނެވެ. ނޮކްއައުޓް ބުރުގައި ކޭޕް ވާޑް (އިތުރު ވަގުތުގައި 3-2)، މިސްރު (3-2)، ސްވިޒަލޭންޑް (އިތުރު ވަގުތުގައި 3-1) ބަލިކޮށް، ސެމީގައި އިންގްލޭންޑްގެ މައްޗަށް 2-1 އިން ކުރި ހޯދިއެވެ.
މެސީގެ ފަހު މެޗު؟
އުމުރުން 39 އަހަރުގެ ލިއޮނަލް މެސީ ވެގެންދާނީ ވޯލްޑް ކަޕް ފައިނަލެއްގައި ކުޅޭ އެންމެ ދުވަސްވީ އައުޓްފީލްޑް ކުޅުންތެރިޔާއަށެވެ. މިއީ އޭނާގެ ބައިނަލްއަގުވާމީ ކެރިއަރުގެ ފަހު މެޗަށް ވުން ގާތެވެ. އާޖެންޓީނާގެ އަމާޒަކީ ތާރީޚުގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރި ތިންވަނަ ޓީމަށް ވުމެވެ.
އަނެއްކޮޅުން، މުޅި މުބާރާތުގައި އެންމެ ބަދަހި ޑިފެންސެއް ދައްކާފައިވާ ސްޕެއިން ނިކުންނާނީ 16 އަހަރަށްފަހު ފުރަތަމަ ފަހަރަށް ތަށި ކާމިޔާބުކުރުމުގެ އަޒުމުގައެވެ.
އިތުރަށް





.gif.gif&w=828&q=100)