logologologologo
STO
ޚަބަރު

ރަކީދޫ ޑަބުލިއުޑީސީގެ ރައީސްގެ ގޮނޑި ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފި

ރަކީދޫ  ޑަބުލިއުޑީސީގެ ރައީސްގެ ގޮނޑި ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 16

ރަކީދޫ ޑަބުލިއުޑީސީގެ ރައީސްގެ ގޮނޑި ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފިއެވެ.

ސަރުކާރު ހިންގާ ޕާޓީ ކޮންގްރެސް ޕާޓީން ވަނީ މި ގޮނޑި ކާމިޔާބު ކުރެއްވި އެ ޕާޓީގެ ކެންޑިޑޭޓަށް މަރުޙަބާ ކިޔައިފައެވެ.

ކޮންގްރެސް ޕާޓީން ބުނީ ވ. ރަކީދޫ އ.ތ.މ ކޮމިޓީގެ ރައީސްކަން ކާމިޔާބު ކުރެއްވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް، އާމިނަތު ޝީޒާ ކަމަށެވެ.

ރަކީދޫ ޑަބުލިއުޑީސީގެ ރައީސްގެ ގޮނޑީގެ އިންތިޚާބު ބާއްވަން އިޢުލާނު ކޮށްފައި މިވަނީ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ގޮނޑިއަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީއެވެ.

އޭގެފަހުން މިދިޔަ ޖޫން މަހުގެ 20ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ހުޅުވާލުމުންވެސް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާތީ، 3 ވަނަ ފަހަރަށް ފުރުޞަތު ހުޅުވާލިއެވެ.

ޤާނޫނުގައިވާގޮތުން ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ގެ މަޤާމުގެ އިންތިޚާބު، 3 ވަނަ ފަހަރަށް ބޭއްވުމަށް އިލެކްޝަނުން ހަމަޖައްސާފައި ވަނީ މި ޖުލައި މަހުގެ 22 ގައި ކަމަށް އީސީން ވަނީ ބުނެފައެވެ.

 

View post on Twitter

 

މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ (ޖުލައި މަހުގެ 16ވާ ބުރަސްފަތި) މިއަދުގެ 14:00އާ ހަމައަށެވެ.

އެހެންކަމުން އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ، އިންތިޚާބަކާއި ނުލައި މި ގޮނޑި ކާމިޔާބު ކުރައްވާފައި މިވަނީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އާމިނަތު ޝީޒާ ކަން ފާހަގަކުރެވެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް