logologologologo
STO
ޚަބަރު

​ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ސަޕޯޓުކުރާ ސަބަބު ނަތަންޔާހޫ ހާމަކޮށްފި

​ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ސަޕޯޓުކުރާ ސަބަބު ނަތަންޔާހޫ ހާމަކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 15

ފީފާ ​ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ސަޕޯޓުކުރާ ސަބަބު، އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަކޮށްފިއެވެ. ​

ދުނިޔޭގެ އެންމެ މަގުބޫލު ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕްގައި އޭނާ ސަޕޯޓުކުރަނީ އާޖެންޓީނާގެ ޤައުމީ ޓީމަށް ކަމަށް ބުނެ، އެޤައުމަށް ސަޕޯޓުކުރާ ސަބަބު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަކުރީ އިސްރާއީލުގެ ޓީވީ ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައެވެ.

ނަތަންޔާހޫ ބުނި ގޮތުގައި އޭނާ އާޖެންޓީނާއަށް ސަޕޯޓުކުރާ ހަމައެކަނި ސަބަބަކީ އެ ޤައުމުގެ މިހާރުގެ ސިޔާސީ މަސްރަހެވެ.

​"އަހަރެން އާޖެންޓީނާއަށް ސަޕޯޓުކުރަނީ އެ ޤައުމުގައި ހުރީ 'ޗަބާދު ހަސީދު' އެއް ކަމަށްވާ ރައީސެއް ކަމަށްވާތީ،" ނަތަންޔާހޫ ބުނެފައިވެއެވެ.

​"ޗަބާދު ހަސީދު" އަކީ އޮތޮޑޮކްސް ޔަހޫދީންގެ ތެރޭގައި ހިމެނޭ ވަކި ޚާއްސަ ޖަމާއަތެއް ކަމަށްވާ "ޗަބާދު-ލުބާވިޗް" ހަރަކާތަށް ނިސްބަތްވާ އަދި އެ ފަލްސަފާއަށް ތަބާވާ މީހުންނަށް ކިޔާ ނަމެކެވެ.

އާޖެންޓީނާގެ މިހާރުގެ ރައީސް ހާވިއޭ މިލެއި އަކީ ޔަހޫދީ ދީނުގެ ފިކުރާއި އިސްރާއީލަށް އޮތް ތާއީދު ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރައްވަމުން އަންނަ މީހެކެވެ. މީގެ ކުރިން ބޭއްވި އެކި ބައްދަލުވުންތަކުގައި އޭނާ ވަނީ އަމިއްލަ ނަފްސު ސިފަކުރަމުން، އޭނާއަކީ "ދުނިޔޭގައި ހުރި އެންމެ ބޮޑު ޒަޔަނިސްޓު ރައީސް" ކަމަށް ބުނެފައެވެ.

މިލެއި ވެރިކަމަށް އައި ފަހުން އިސްރާއީލާ އެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްފައިވާއިރު، ނަތަންޔާހޫގެ މި ވާހަކަތަކުން ދޭހަވަނީ ދެ ޤައުމުގެ ވެރިންގެ ދެމެދުގައި އޮތް ސިޔާސީ އަދި ފިކުރީ ގާތްކަމެވެ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި މިރޭ ބައްދަލުކުރަނީ އިންގްލެންޑާއި އާޖެންޓީނާއެވެ. އާޖެންޓީނާގެ ފުޓްބޯޅަ ޓީމަކީ ދިވެހިންގެ ގިނަ ބަޔަކުވެސް ސަޕޯޓްކުރަމުން އަންނަ ޓީމެއްކަން ފާހަގަ ކުރެވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް