އަޅުގަނޑު ޖަލުގައި ގެންގުޅިނީ ސޯލިހު، ރައީސް މުޢިއްޒު އަޅުގަނޑު ޖަލަށްލާ ދެރަ ގޮތެއް ނުހަދާނެ: ޔާމީން

ރައީސް ޑރ މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުގެ ވިސްނުން ގެންގުޅުއްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒާ ވާދަކުރައްވަން ޔާމީން ނުކުންނަވާފާނެ ކަމުގެ ބިރުވެރިކަމުގައި އެ މަނިކުފާނު ޖަލަށްލާން އުޅޭ ކަމަށް ބުނެ ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ބައެއް މީހުން ވާހަކަދެއްކުމުންނެވެ.
އެ މައުލޫގައި ވާހަކަ ކުރިއަށް ގެންދަން ފެށުމުން، އެ ވާހަކަތައް މެދުކަނޑާލައި ޔާމީން ވިދާޅުވީ، އެ މަނިކުފާނު ޖަލުގައި ގެންގުޅުމުގެ ވިސްނުން ރައީސް މުއިއްޒު ގެންގުޅުއްވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ:
- އަޅުގަނޑު ޖަލުގައި ގެންގުޅުނީ ރައީސް މުއިއްޒެއް ނޫން
- އަޅުގަނޑު ޖަލުގައި ގެންގުޅުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
- ސޯލިހު އެކަން ކުރީ، ޔާމީން ޖަލުގައި ބާއްވައިގެން ދެވަނަ ދައުރެއް ލިބޭނެ ކަމަށް އޭނާގެ ކާހިނުން އޭނާއަށް މަޝްވަރާދިނީމަ
ޔާމީން ވިދާޅުވީ، އެކަން ރައީސް މުއިއްޒު ކުރައްވާނެ ކަމަށް ގަބޫލުނުކުރަނީ، އެ މަނިކުފާނަކީ ވެސް ހިސާބުތަކެއް ޖަހައިގެން އުޅޭ ބޭފުޅަކަށްވާތީ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ޔާމީން ގެއަށް ބަދަލުކުރެއްވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު އެވެ.
އިތުރަށް





.gif.gif&w=828&q=100)