މަސްލަހަތު ރަނގަޅެއް ނޫން: ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުން މަޑުޖެހިއްޖެ

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރައްވަން އުފެއްދި އިއްތިހާދުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދިފާއުގައި އެކުގައި ގުޅިގެން މަސައްކަތް ކުރައްވަން އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު ތިން ރައީސުން ކުރިން ވިދާޅުވެފައިވަނީ އެ ބޭފުޅުން ގުޅިގެން މަސައްކަތް ކުރައްވާނެ ގޮތުގެ ސްޓްރެޓެޖީތަކާއި ޓައިމްލައިން އެކުލަވާލާނީ ފަންނީ ބަޔަކާ އެކުގައި ކަމަށެވެ. އަދި އެކަމަށްޓަކައި މަންދޫބުންގެ ކޮމެޓީއެއް ވެސް އޭރު އެކުލަވާލި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ނަޝީދު ވިދާޅުވީ ތިން ރައީސުންގެ މަންދޫބުންގެ ކޮމިޓީން ދެ ބައްދަލުވުމެއް ބޭއްވި ނަމަވެސް މާބާރަށް މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.
އެ މަސައްކަތް އެއްކޮށް ހުއްޓުނީތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ ހުއްޓުނީ ކަމަށް ދެންނެވެން ނެތް ކަމަށެވެ.
ދާދިފަހުން ކުރީގެ ރައީސް ޔާމީން، ނަޝީދަށް އަމާޒުކޮށް ފާޑުވިދާޅުވުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުންގެ ނުރުހުން އަމާޒުވި އެވެ.
ކުރީގެ ތިން ރައީސުން މިހާތަނަށް ބައްދަލު ކުރައްވާފައިވަނީ އެންމެ ފަހަރަކު އެވެ. އަދި ތިން ރައީސުންގެ އިއްތިހާދަށް އެމްޑީޕީ އާއި ޕީއެންއެފް އިން ވެސް ރަސްމީކޮށް ތާއީދުކޮށްފައިވެ އެވެ.
އިތުރަށް




.gif.gif&w=828&q=100)