ނަޝީދު މިއަދު އޮންނެވީ މުންޑު އަނދެެގެން ގޭގައި: ޔާމީން

އެމްްޑީޕީގެ ޗެއާޕާސަންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފި ނަމަ، ރައީސް މުހައްމަދު މުއިއްޒު އޮންނަވަންޖެހިވަޑައިގަންނަވާނީ މުންޑު އަނދެގެން ގޭގައި ކަމަށް ވިދާޅުވުމަށް ފަހު، މުންޑު އަނދެގެން ގޭގައި މިއަދު އޮންނެވީ ނަޝީދު ކަމަށް ސިފަކޮށް އެމްޑީޕީ އާއި ނަޝީދަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ޔާމީންގެ ގެކޮޅުގެ ސިޓިންގ ރޫމުގައި ބާއްވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން މިހެން ވިދާޅުވީ، ޒިންމާދާރު އަދި ވާދަވެރި އިދިކޮޅެއް ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅުތަކާ ބެހޭ ގޮތުން ރޭ ޕީއެންއެފް ޖަލްސާގައި ކުރެވުނު ބަހުސްގެ ތެރެއިންނެވެ. ސަރުކާރު އިދިކޮޅަށް މަސައްކަތްކުރަން އެމްޑީޕީއާ އެކު އެއްބަސްވުމެއް ހަދައި އެކުގައި މަސައްކަތްކުރައްވަމުން ގެންދަވާ ޔާމީން ރޭ ވިދާޅުވީ، ޒިންމާދާރު އިދިކޮޅެއް ނެތް ކަމަށް ރައީސް މުއިއްޒު އެ ދައްކަވާ ވާހަކަފުޅަށް އެއްބަސްވާ ކަމަށެވެ.
ޕީއެންއެފްގެ ޖަލްސާތަކުގައި ދައްކާ ވާހަކަތަކަށް ދޭތެރެއަކުން ރައީސް މުއިއްޒު ރައްދު ދެއްވާކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ، އިދިކޮޅުގެ "އުރަތްޕެއް ނެތް" ކަމަށް އެ ދައްކަވާ ވާހަކަފުޅުތަކުގައި ރައީސް މުއިއްޒު އެ ރައްދު ދެއްވަނީ ޔާމީން އާއި ޕީއެންއެފްއަށް ނޫން ކަމަށެވެ.
ޔާމީން ވިދާޅުވީ، އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ޕީއެންއެފް ބޭފުޅުންނަކީ އެއްވެސް އިރެއްގައި މަގުމައްޗަށް ނުކުމެ މުޒާހަރާތައް ކުރި ބައެއް ނޫން ކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމުގެ ހަކަތައެއް ޕީއެންއެފްގައި ނެތްކަން ޔާމީންގެ ވާހަކަ ތަކުން ފާހަގަ ވެއެވެ.
ޒިންމާދާރު އިދިކޮޅު އެއްވެސް ބައެއް މި ގައުމުގައި މިވަގުތު ނެތް ކަމަށާއި، ޒިންމާދާރު އިދިކޮޅެއް ސަރުކާރުގެ ހުރިހާ ސިޔާސަތުތަކަށް ދެކޮޅު ނަހަދާނެ ކަމަށްނިމިދިޔަ ހަފްތާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން މަސައްކަތްކުރަނީ ހުރިހާ މާނައެއްގައި ވެސް ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުމަށް ކަމަށާއި، ރައްޔިތުންނަކީ ފުދުންތެރި އަދި ދުޅަހެޔޮ ބަޔަކަށް ހެދުމަށް ކަމަށެވެ. އެ މަސައްކަތައިގެން މި ސަރުކާރުން ދާނީ ކުރިއަށް ކަމަށް، ރައީސް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ، އިދިކޮޅު ބައެއް ފަރާތްތަކުން ދެކޮޅުނުޖެހޭ ވާހަކަ ދެއްކޭ ކަމަށާއި، އެކަން އެހެން ވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ހަގީގަތް ނުބެލޭތީ ކަމަށެވެ. އެހެން ވިދާޅުވެ، އެމަނިކުފާނު ވަނީ، ޒިންމާދާރުކަމާއެކީ މަސައްކަތްކުރުމަށް އިދިކޮޅު ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.
"މި ގައުމުގައި ނެތީ ޒިންމާދާރު އޮޕޮޒިޝަނެއް މިހާރު، ޒިންމާދާރު އޮޕޮޒިޝަނަކީ ސަރުކާރު ޖަވާބުދާރީކުރުވާނެ ބަޔަކަށް ވާނެ، އަދި ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރާ ނަމަ، ގައުމަށް ފައިދާހުރި ކަމެއް ކުރާ ކަމަށް ވަންޏާ، އެކަން އެކްނޮލެޖްކޮށް އެކަމަށް އެއްބާރުލުން ވެސް ދޭ ބަޔަކަށް ވާނެ،" ރައީސް ވިދާޅުވިއެވެ.
އިތުރަށް


.webp&w=3840&q=100)


.gif.gif&w=828&q=100)