logologologologo
STO
ޚަބަރު

މިފްކޯއަށް ޖޫން މަހު ކިރުވި މަހަށް މަސްވެރިންނަށް 11.3 މިލިޔަން ރުފިޔާ ދޫކޮށްފި

މިފްކޯއަށް ޖޫން މަހު ކިރުވި މަހަށް މަސްވެރިންނަށް 11.3 މިލިޔަން ރުފިޔާ ދޫކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 05

މިދިޔަ ޖޫން މަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސްވެރިން ކިރުވި މަހަށް ޖުމްލަ 11.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިފްކޯއިން މިއަދު އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ނިމުނު ޖޫން މަހުގެ ނިޔަލަށް ކަޅުބިލަމަހާއި ކަންނެލި ހިމެނޭހެން ޖުމްލަ 517 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ. އެ ހުރިހާ ދޯނިތަކަށް މިފްކޯއިން ބަރާބަރަށް ފައިސާ ދޫކޮށްފައިވާއިރު، ބެހިގެންދިޔަ ޖުމްލަ ޢަދަދަކީ 11,332,391 ރުފިޔާއެވެ.

ޖޫން މަހުގެ ތެރޭގައި މަސްވެރިން ޖުމްލަ 568 ޓަނުގެ މަސް މިފްކޯގެ އެކި ސެންޓަރުތަކަށް ކިރުވާފައިވެއެވެ. ބާވަތްތަކަށް ބަލާލާއިރު ފައިސާ ބެހިގެންގޮސްފައިވާ ގޮތަކީ:

  • ކަޅުބިލަމަސް: 196 ދޯންޏަކުން ޖުމްލަ 484.4 ޓަނުގެ ކަޅުބިލަމަސް ކިރުވިއެވެ. މީގެ ބަދަލުގައި މަސްވެރިންނަށް 9,326,901 ރުފިޔާ ދޫކުރެވުނެވެ.
  • 15 ކިލޯއިން މަތީގެ ކަންނެލި: މި ބާވަތުގެ ކަންނެލި ކިރުވި 212 ދޯންޏަކަށް ޖުމްލަ 1,674,050 ރުފިޔާ ދޫކުރެވުނެވެ.
  • 10 ކިލޯއިން މަތީގެ ބޮޑުކަންނެލި: މި ބާވަތް ކިރުވި 109 ދޯންޏަކަށް ޖުމްލަ 331,440 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މަސްވެރިން ބާނާ މަހަށް ލަސްނުކޮށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. މީގެ އިތުރުން، މަސްވެރިންނަށް ދިމާވާ މާލީ ދަތިތައް ޙައްލުކޮށް، މަހަށް ހަމައަގު ހޯދައިދިނުމަށް މިފްކޯއިން ވަނީ މަސް ގަންނަ އަގުތައް މީގެ ކުރިން މަތިކޮށްފައެވެ.

އެގޮތުން މިއަދުގެ ބާޒާރުގައިވެސް މިފްކޯއިން މަސް ގަންނަމުންދާ ރޭޓްތަކަކީ:

  • 10 ކިލޯ އަދި 15 ކިލޯގެ މަސް: ކިލޯއެއް 20 ރުފިޔާއަށް
  • 15 ކިލޯއިން މަތީގެ މަސް: ކިލޯއެއް 25 ރުފިޔާއަށް
MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް