logologologologo
STO
ޚަބަރު

ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިޚާބު ޖުލައި 11 ގައި ބާއްވަނީ

ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިޚާބު ޖުލައި 11 ގައި ބާއްވަނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 01

ޕީޕަލްސް ނޭޝަަނަލް ކޮންގްރެސް، ޕީއެންސީ ނުވަތަ ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިޚާބު ޖުލައި 11 ގައި ބާއްވަން ހަމަޖެހިފައިވާއިރު، އިންތިޚާބުގެ އިންތިޒާމުތައް ހަމަޖެއްސެމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުން ބައްލަވައިލައްވައިފިއެވެ.

އެގޮތުން ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙުވަނީ ޕާޓީގެ ދާއިރާތަަކުގެ ރައީސުންނާ ބައްދަލުކުރައްވަފައެވެ.

އަދި އެ ބޭފުޅުންވަނީ ޕާޓީގެ އިންތިޚާބީ ކޮމިޓީގެ މެންބަރުންނާއި، އިންތިޚާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.

ޖުލައި މަހުގެ 11 ވަނަ ދުވަހު ދާއިރާތަކުގެ އިންތިޚާބު އޮންނައިރު، އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

View post on Twitter

 

މި އިންތިޚާބުގައި ހޮވަނީ ދާއިރާ ރައީސް، ދާއިރާ ނައިބު ރައީސް، އަންހެނުންގެ ހަރަކާތުގެ ރައީސް، ޒުވާނުންގެ ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ މެމްބަރުންނެވެ.

އެ ޕާޓީން ބުނީ ދާއިރާގެ ރައީސުން އިންތިޚާބުކުރާނީ ކޮންގްރެސް ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނެތް ދާއިރާތަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސަކީ އެ މެމްބަރެވެ.

މި މަގާމުތަކަށް ވާދަކުރެވޭނީ އަދި ވޯޓު ދެވޭނީ ޖޫން 15 އާއިހަމައަށް ކޮންގްރެސް ޕާޓީގައި ދަފްތަރުވެފައި ތިބި މެމްބަރުންނަށެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީކަމުގައިވާ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި 75،000 އަށްވުރެ ގިނަ މެމްބަރުން ތިބިކަމަށް އިލެކްޝަނުގެ ދަފްތަރުން ދައްކައެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް