logologologologo
STO
ޚަބަރު

ޤައުމު ދަރުވާ ނުލައި ސަލާމަތްކޮށްދެއްވީތީ ރައީސް މުޢިއްޒުއަށް އަތްތިލަބަޑިއެއް ދޭންޖެހޭ: މޫސާ ޟަމީރު

ޤައުމު ދަރުވާ ނުލައި ސަލާމަތްކޮށްދެއްވީތީ ރައީސް މުޢިއްޒުއަށް އަތްތިލަބަޑިއެއް ދޭންޖެހޭ: މޫސާ ޟަމީރު
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 09

ޤައުމު ދަރުވާ ނުލައި ސަލާމަތްކޮށްދެއްވީތީ ރައީސް ޑރ. މުޢިއްޒުއަށް އަތްތިލަބަޑިއެއް ދޭންޖެހޭ ކަމަށާއެމަނިކުފާނުގެ އިޤްތިޞާދީ ޕޮލިސީތަކަކީ ދުނިޔެއިން ބަލައިގަނެފައިވާ، ރައްޔިތުންނަށް ފައިދާހުރި ޕޮލިސީތަކެއް ކަމަށް ކުރީގެ މާލީ ވަޒީރު މޫސާ ޟަމީރު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޢިއްޒުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވާ މޫސާ ޟަމީރު ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ އިޤްތިޞާދީ ޕޮލިސީތަކަކީ ދުނިޔެއިން ބަލައިގަނެފައިވާ، ރައްޔިތުންނަށް ފައިދާހުރި ޕޮލިސީތަކެއް ކަމަށާ އެ ބަދަލުތައް ނުގެންނެވި ނަމަ ރާއްޖެ އޮންނަނީ އަވަށްޓެރި ސްރީލަންކާއަށް ޖެހުނު ޙާލަތުގައި ކަމަށެވެ.

ޟަމީރު ވިދާޅުވީ 2 އަހަރާއި ބައިގެތެރޭ 1.2 ބިލިއަން ޑޮލަރުގެ ދަރަނި ދެއްކި އެއްވެސް ސަރުކާރެއް ނެތްކަމަށާއި 2022، 2023 ތެރޭގައި ދިވެހިރާއްޖެ ބަނގުރޫޓު ވާނެ ކަމުގެ ރަނގަބީލު އަޅަމުން އައިކަމަށެވެ. ނަމަވެސް އެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވަޢުދުވެވަޑައިގަތް ކަމަށެވެ.

"އަޅުގަނޑުމެން މިފަހަރު ރައީސް މުޢިއްޒުއަށް ދޭންޖެހޭ އެއް އަތްތިލަބަޑިއަކީ މި ދެންނެވިހެން މި ޤައުމު ދަރުވާ ނުލައި ސަލާމަތްކޮށްދެއްވީތީ ދޭންޖެހޭ ....އެއީ އެހެން ނޫންނަމަ އަޅުގަނޑުމެން އޮންނާނީ ކައިރީގައި މިއޮތް ސިލޯނު އޮތް ޙާލުގައި. މިއަދު ފިޗްގެ އެއްވެސް ރޭޓިން އެއްގައި ނޫންނަމަ އެއްވެސް ތަނަކުން ނެރޭ ރިޕޯޓެއްގައި ނޯންނާނެ ކައިރި މުސްތަޤުބަލެއްގައި ރާއްޖެ ދަރަނިވެރިވާނެ ވާހަކައެއް. މިހާރު ނޯންނާނެ. ދެން އަތްޖަހާ. ހުރިހާ ބޭފުޅުން ދެން އަތްޖަހާ..." ޟަމީރު ވިދާޅުވިއެވެ.

އެހެންވީމާ މިފަދަ ބޭފުޅަކާ އެއްކޮށް އަޅުގަނޑުމެން ތިބެ މަސައްކަތްކޮށް ﷲގެ ރަޙުމަތާއެކު ދެން އަންނަ އިންތިޚާބުތައް ކާމިޔާބުކޮށް އަޅުގަނޑުމެން ރައްޔިތުންނާ ދަރިންނާއި ދަރިންގެދަރިންނަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށް ޟަމީރު ވިދާޅުވިއެވެ.

ޟަމީރު ވިދާޅުވީ މި ހަނގުރާމައަކީ ރައީސްގެ ވެސް ކޮންޓްރޯލްގެ ދަށުގައި އޮތް ކަމެއް ނޫންކަމަށާ އެކަމަކު މިދުވަސްވަރު ވެސް ރައްޔިތުންނަށް ދަތިވާނެ ކަމެއް ނެތް ކަމަށާއި އެންމެ ކުޑަވެގެން މުދަލުގެ އަގު ބޮޑުވެގެންދާތީ އެވެސް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހުރިހާ މުދަލެއް ހުރީ ކޮންޓްރޯލް އަގެއްގައި ބަހައްޓަވާފައި ކަމަށެވެ.

ޟަމީރު ވިދާޅުވީ އެހެންކަމުން ރައްޔިތުންނަށް އެންމެ ހެޔޮ ރައީސަކީ ރައީސް ޑރ. މުޢިއްޒު ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް