logologologologo
STO
ކުޅިވަރު

ރައީސް އެކޭ އެއްފަދައިން، ނައިބް ރައީސް ވެސް ވޯލްޑްކަޕްގައި ސަޕޯޓް ކުރަނީ އާޖެންޓީނާ އަށް

ރައީސް އެކޭ އެއްފަދައިން، ނައިބް ރައީސް ވެސް ވޯލްޑްކަޕްގައި ސަޕޯޓް ކުރަނީ އާޖެންޓީނާ އަށް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 11

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެކޭ އެއްފަދައިން އެމަނިކުފާނުގެ ނައިބް އަލްއުސްތާޒު ހުސައިން މުޙައްމަދު ލަތީފް ވެސް މިއަދު ފަށާ ވޯލްޑްކަޕްގައި ސަޕޯޓް ކުރައްވަނީ އާޖެންޓީނާއަށް ކަމަށް ދުވެލި އޮންލައިން އާއި ވާހަކަ ދައްކަވަމުން ވިދާޅުވެއްޖެ އެވެ.

އެ މުބާރާތުގެ ސްޕޮންސާއެއް ރައްޖެއަށް ފޮނުވި، މުބާރާތުގެ ރަސްމީ ބޯޅާގައި ސޮއި ކުރެެއްވުމަށް ބޭއްވިގެން ދިޔަ ހަރަކާތެއްގައި ރައީސް ޑރ މުޢިއްޒު ވަނީ އެމަނިކުފާނު ސަޕޯޓް ކުރައްވަނީ އާޖެންޓީނާއަށް ކަމަށް ވިދާޅުވެފަ އެވެ.

ދުވެލި ފުޓުބޯޅަ ފޯރި 2026 މެގަޒިން, ނައިބް ރައީސް އަށް ހަދިޔާ ކުރުމަށް ބޭއްވުނު ހަރަކާތުގައި އެމަނިކުފާނު ސަޕޯޓް ކުރައްވަނީ ކޮން ޓީމަކަށްތޯ އެއްސެވުމުން އެމަނިކުފާނު ސަޕޯޓް ކުރައްވަނީ އާޖެންޓީނާއަށް ކަމަށް ވަނީ ވިދާޅުވެފަ އެވެ.

 

View post on Twitter

 

އާޖެންޓީނާ އަކީ 2022 ވަނަ އަހަރު ބޭއްވި މުބާރާތް ކާމިޔާބު ކުރި ޓީމެވެ. އާޖެންޓީނާއިން ވަނީ މި މުބާރާތް 3 ފަހަރު ކާމިޔާބު ކޮށްފައެވެ.

މި ޓީމުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ޓީމުގެ ކެޕްޓަން މެސީ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ ދިވެހީންގެ ގިނަ ބަޔަކު ތާއީދުކުރާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފެންނާނެ ފަހު ބޮޑު މުބާރާތެވެ. ހަމައެއާ އެކު ވަރަށް ގިނަ އާ ހުނަރުވެރި ކުޅުންތެރިންގެ ފުރަތަމަ ވޯލްޑް ކަޕް ވެސް މެ އެވެ. 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް