logologologologo
STO
ކުޅިވަރު

ދުވެލި ފުޓުބޯޅަ ފޯރި 2026 މެގަޒިން, ނައިބް ރައީސް އަށް ހަދިޔާކޮއްފި

ދުވެލި ފުޓުބޯޅަ ފޯރި 2026 މެގަޒިން, ނައިބް ރައީސް އަށް ހަދިޔާކޮއްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 11

2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ހާއްސަކޮށް ނެރުނު ދުވެލި ފުޓުބޯޅަ ފޯރި 2026 މެގަޒިން, ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޒް ހުސައިން މުޙައްމަދު ލަތީފް އަށް ހަދިޔާ ކޮށްފި އެވެ.

މެގަޒިން، ނައިބް ރައީސް އާއި ހަވާލު ކޮށްދެއްވީ ދުވެލި އޮންލައިންގެ ހިއްސާދާރުން ނެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ގުޅިގެން ބާއްވާ ވޯލްޑް ކަޕް ފަށާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރު ކުޅޭ މެކްސިކޯ އާއި ސައުތު އެފްރިކާގެ މެޗުންނެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖުލައި 19 ވަނަ ދުވަހުގެރެ އެވެ.

ދުވެލި އޮންލައިން އަކީ ވޯލްޑް ކަޕަށް ހާއްސަކޮށް މެގަޒިން އެއް ނެރުނު އެންމެ ހަގު އެއް ނޫހެވެ.

މި ފޮތުގައި ވަރަށް ގިނަ މައުލޫމާތު އެކުލެވޭނެ އެވެ. ޓީމުތަކާއި ކުޅުންތެރިންނާއި މުބާރާތުގެ ތާރީހާއި ގުޅިފައިވާ ޝައުގުވެރި ވާހަކަތައް ހުންނާނެ އެވެ. މިއީ ވަރަށް ގިނަ ގޮތްގޮތުން ހާއްސަ ވޯލްޑް ކަޕެކެވެ. ތިން ގައުމެއް ގުޅިގެން ބާއްވާ ފުރަތަމަ މުބާރާތުގެ އިތުރުން މިއީ 48 ޓީމަށް ޖާގަ ދީގެން ފީފާ އިން ބާއްވާ ފުރަތަމަ ވޯލްޑް ކަޕް ވެސް މެ އެވެ. އެހެންވެ ކުރިން މުބާރާތުން ފެނިފައިވާ ނުވާ ބައެއް ގައުމުތަކަށް ވެސް މި ފަހަރު ވަނީ ފުރުސަތު ލިބިފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ ދިވެހީންގެ ގިނަ ބަޔަކު ތާއީދުކުރާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފެންނާނެ ފަހު ބޮޑު މުބާރާތެވެ. ހަމައެއާ އެކު ވަރަށް ގިނަ އާ ހުނަރުވެރި ކުޅުންތެރިންގެ ފުރަތަމަ ވޯލްޑް ކަޕް ވެސް މެ އެވެ. 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް