ހަބަރު ފެތުރުމުގެ އަހުލާގީ ހަމަތައް ދޫކޮށްލުމަކީ މުޖުތަމައުގައި ހަމަނުޖެހުން އުފެދޭނެ ކަމެއް: ނައިބު ރައީސް

ނޫސްވެރިކަމުގެ އަހުލާގީ ހަމަތައް ނުވަތަ އެތިކްސް ދޫކޮށްލުމަކީ އޭގެ ސަބަބުން ހަމަނުޖެހުން އުފެދޭނެ ކަމެއް ކަމަށް ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ވިދާޅުވީ، ސައްޙަ މަޢުލޫމާތު ލިބިގަތުމަށް އާންމުން ބަރޯސާ ވަނީ ނޫސްވެރިންނަށް ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވީ، އަޚްލާޤީ މިންގަނޑުން ކުރާ ނޫސްވެރިކަމުން ފެންވަރު ރަނގަޅު މަޢުލޫމާތު ހާމަކޮށްދީ، ޒިންމާދާރު ކުރުވުމުގެ އިތުރުން ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށެވެ. އަދި ޑިމޮކްރަސީގެ އުސޫލުތައް ނެގެހެއްޓިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ އަހުލާގީ ހަމަތައް ދޫކޮށްލުމަކީ އޭގެ ސަބަބުން ދޮގު މައުލޫމާތު ފެތުރި، ލިބޭ ގެއްލުންތައް ބޮޑުވެ، އަދި ނޫސްވެރިންގެ ފަރާތުން ސައްހަ މައުލުމާތު ލިބޭނެ ކަމަށް އިތުބާރު ކުރާ ރައްޔިތުންގެ މެެދުގައި ނުތަނަވަސްކަމާއި ހަމަނުޖެހުން އުފެދިގެންދާނެ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެހެންކަމުން، މަޢުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށާއި، ނޫސްވެރިކަމުގެ އަސާސީ އުސޫލުތަކުގައި ސާބިތުވެ ތިބުމަށް ހުރިހާ ނޫސްވެރިންނަށް ނައިބު ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
"އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ރޭ ފުލުހުން ވަނީ އެ ނޫހުގެ އޮފީސް ބަލައި ފާސްކޮށް، ބައެއް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު، ހަސަން އަހުމަދުގެ އިތުރުން މި ސަރުކާރުގެ ވަޒީފާތައް މީގެ ކުރިން ފުރި، އައިޝަތު އީޝާ އަޝްރަފް ފުރުން މަނާކޮށް ވަނީ ޕާސްޕޯޓް ހިފަހައްޓާފައެވެ.
އިތުރަށް





.gif.gif&w=828&q=100)