logologologologo
STO
ޚަބަރު

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޕެރިސްއަށް

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޕެރިސްއަށް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2024 ޖުލައި 24

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޕެރިސް 2024 އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފްރާންސްގެ ޕެރިހަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ނައިބު ރައީސްގެ މި ދަތުރަކީ ފްރާންސްގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މި ދަތުރުގައި މިހާރު ޕެރިހުގައި ތިބި އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓާ ނައިބް ރައީސް ބައްދަލުކުރައްވާނެ އެވެ. ރާއްޖޭގެ އެތްލީޓުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އާދިއްތަ ދުވަހު ބައްދަލުކުރައްވާފަ އެވެ.

ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ އުފުލުމުގެ ފަޚުރުވެރި ޝަރަފު މިއަހަރު ލިބިފައިވަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީ އަދި ދުވުންތެރިޔާ އިބާދުﷲ އާދަމަށެވެ.

މިފަހަރަކީ އެންމެ ގިނަ ކުޅިވަރު ހިމެނޭ ގޮތަށް ރާއްޖޭން އޮލިމްޕިކްސްގައި ވާދަކުރާ ފަހަރެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް