logologologologo
STO
ޚަބަރު

މިހުރީ ވަރަށް ގަދަކޮށް ރައީސް މުޢިއްޒުއާ އެކު، ޕާޓީއާއެކު: މޫސާ ޟަމީރު

މިހުރީ ވަރަށް ގަދަކޮށް ރައީސް މުޢިއްޒުއާ އެކު، ޕާޓީއާއެކު: މޫސާ ޟަމީރު
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 09

އެމަނިކުފާނު ހުންނެވީ ވަރަށް ގަދަކޮށް ރައީސް މުޢިއްޒުއާ ޕާޓީއާއެކުގައި ކަމަށް ކުރީގެ މާލީ ވަޒީރު މޫސާ ޟަމީރު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މޫސާ ޟަމީރު ވިދާޅުވީ އެމަނިކުފާނު ހުންނެވީ ރައީސް ޑރ. މުޢިއްޒުއާ އެކީގައި ކަމަށާއި އުމުރުން ދުވަސްވާވަރަކަށް ބަދަލުތައް އަންނަ ކަމަށާ އެހެންކަމުން އައު ލީޑަރުންނަށް ފުރުސަތު ދިނުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ހުންނެވީ ޕާޓީއަށް ދިމާވާ ކޮންމެ ކަމެއްގައި މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށް ޟަމީޜު ވިދާޅުވިއެވެ.

ޟަމީރު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ޕާޓީގެ ވިސްނުމަށް ބަދަލުތަކެއް އައިއިރުގައި ތަރައްޤީތަކެއް ލިބުނު ކަމަށާއި ރައީސް ޑރ. މުޢިއްޒުގެ ލީޑަރޝިޕްގައި ލިބުނު ކުރިއެރުންތައް ފާހަގަކޮށްލަންޖެހޭ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެންގެ ކުރީގެ ލީޑަރުންގެ ވިސްނުމުގައި...ފޮރިން ޕޮލިސީއަށް ބަލާއިރު އެހެން ޤައުމެއް ފަސްޓް ޕޮލިސީ ގެންގުޅޭނީ. އެއީ ގޯސްކަމެއް ވެސް ނޫން. އެދުވަސްވަރަށް ބަލާއިރު ގެންގުޅުއްވާ ގޮތް ކަންނޭގެ. އެކަމަކު ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާރު ފޮރިން ޕޮލިސީއަކީ "މޯލްޑިވްސް ފަސްޓް". ދިވެހިންނަށް މުހިއްމުކަން ލިބޭ ގޮތަށް ފޮރިން ޕޮލިސީ ވެސް ބަދަލުކުރެއްވި" ޟަމީރު ވިދާޅުވިއެވެ.

ޟަމީރު ވިދާޅުވީ އެމަނިކުފާނު ހުންނެވީ ޤައުމީ ފިކުރުގައި ކަމަށާ ރައީސް މުޢިއްޒު އިސްލާމް ދީނަށާއި ޤައުމިއްޔަތަށް ހޯއްދަވާދެއްވާ ކުރިއެރުންތަކާއި އަދި ރައްޔިތުންގެ ފޯރުންތެރިކަމަށް ހޯއްދަވާދެއްވާ ކުރިއެރުންތައް ފާހަގަކުރައްވައި ރައީސް ޑރ. މުޢިއްޒުއާއެކުގައި ހުންނެވި ކަމަށެވެ.

މާލީ ވަޒީރުކަމުން އިސްތިޢުފާ ދެއްވި ސަބަބާއި ގުޅޭ ގޮތުން ޟަމީރު ވިދާޅުވީ ދުނިޔެ މިހާރު އޮތް ހަނގުރާމައިގެ އުނދަގޫ ޙާލަތުގައި ބުރަ މަސައްކަތްތަކެއް ކުރަންވަން ޖެހިވަޑައިގަންނަވާ ކަމަށާއި ޞިއްޙީ ސަބަބަކާހުރެ ކުރިން ވެސް މަހެއްހާ ދުވަހު ދުރުގައި ހުންނަންޖެހުނު ކަމަށާއި މިހާރުވެސް ހަނގުރާމައިގެ ޙާލަތު އޮތްއިރު ޞިއްޙީ ޙާލަތު ދަންނުދޭއިރުވެސް މަޤާމުގައި ބައްދައިގެން ހުންނާކަށް ނުވާނެ ކަމަށް ދެކިލައްވާ ކަމަށެވެ.

މާލީ ވަޒީރުކަމުން ޟަމީރު އިއްޔެ އިސްތިޢުފާ ދެއްވިއިރު މާލީ ގޮތުން ވަރަށް ގިނަ ކުރިއެރުންތަކެއް މި ސަރުކާރުން ހޯދާފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ހަނގުރާމައިގެ ދުވަސްވަރުވެސް ރާއްޖޭގެ އިޤްތިޞާދު ހަމަމަގުގައި ހިފެހެއްޓުމާއެކު ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން ވަނީ މިމަހުގެ 3 ވަނަ ދުވަހު މަތިކޮށްފައެވެ.

ރާއްޖޭގެ ރޭޓިންގް މަތިކުރުމުގެ މައިގަނޑު ސަބަބެއް ގޮތުގައި ފިޗްއިން ފާހަގަކޮށްފައިވަނީ ރާއްޖެ އަދާ ކުރަންޖެހޭ ދަރަނިތައް ސަރުކާރުން އަދާކޮށްފައިވުމެވެ. އެގޮތުން 500 މިލިޔަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުން ރޭޓިން މައްޗަށް ޖެއްސުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފިޗް ރޭޓިންގްސްއިން ވަނީ ފާހަގަކޮށްފައެވެ.

 

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް