logologologologo
STO
ޚަބަރު

އައްޑޫ ފޮށިތަކުން ޕީއެންސީ ކެންޑީޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް: ޢަބްދުއްރަހީމް

އައްޑޫ ފޮށިތަކުން ޕީއެންސީ ކެންޑީޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް: ޢަބްދުއްރަހީމް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 06

އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ކުރި ހޯއްދެވުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކޮންގްރެސް ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވެފައި މިވަނީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގައި އައްޑޫ ސިޓީގައި ބެހެއްޓުނު 5 ފޮށިން 3 ފޮށީގެ މެޖޯރިޓީ ޕީއެންސީ ކެންޑިޑޭޓް އަޙުމަދު ސަޢީދު ހޯއްދެވުމާއި ގުޅިގެންނެވެ. މީގެއިތުރުން މާލޭގައި ބެހެއްޓުނު 2 ފޮށިން ވެސް އެއް ފޮށީގެ މެޖޯރިޓީ ސަޢީދު ވަނީ ހޯއްދަވައިފައެވެ.

ޢަބްދުއްރަޙީމްގެ މެސެޖުގައި ވަނީ ބައި އިލެކްޝަންގައި ވާދަކުރެއްވި ޕީއެންސީގެ ކެނޑިޑޭޓް އަޙްމަދު ސަޢީދަށް ވޯޓްދެއްވި އެ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ޝުކުރުއަދާ ކުރައްވައިފައެވެ.

ހަމައެހެންމެ ޢަބްދުއްރަޙީމް ވަނީ އަޙްމަދު ސަޢީދު ކުރެއްވި މަސައްކަތާ ހިތްވަރަށް ސާބަސްދެއްވާ ކެމްޕެއިންޓީމުގެ މަސައްކަތަށް ތަޢުރީފު ކުރައްވައިފައެވެ.

އެމްޑީޕީގެ ކިއްލާއެއް ކަމަށް އަބަދުވެސް ބެލެވޭ އައްޑޫސިޓީން ލިބުނީ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވެ ޢަބްދުއްރަޙީމް ވިދާޅުވީ، މިއަދުން ހިތްވަރު ލިބިގެން 2028 އަށް އަމާޒު ހިފައިގެން ރައީސް މުޢިއްޒާއެކު ގަދަކޮށް ތިއްބެވި ކަމަށެވެ.

މި ބައި އިލެކްޝަންގައި ވާދަކުރީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަޙުމަދު ސަޢީދު، އާންމުނަމުންނަމަ ސޮޑާ އާއި އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް، އާންމުނަމުންނަމަ ސޯބެއެވެ. ސޯބެ ވާދަކުރައްވަނީ އެމްޑީޕީ ޓިކެޓުގައެވެ. ސޮޑާއަކީ ޕީއެންސީގެ ކެންޑިޑޭޓެވެ.

މިއަދުގެ 5 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން ޞާދިޤަށްއަށް 1375 ވޯޓު ލިބިލެއްވިއިރު ސަޢީދަށް ލިބިލެއްވީ 1313 ވޯޓެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބޭއްވީ އެ ދާއިރާގެ ޕީއެންސީ މެންބަރު، މުޙައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަން ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ޙުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ޕްރައިމަރީގައި ވާދަކުރީ ސިނާން އަދި ސޮޑާއެވެ. ސިނާން އެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް ފަހުން ނިންމެވީ ޓިކެޓު ދޫކޮށްލުމަށެވެ. އެހެންވެ، ޕީއެންސީން ޓިކެޓު ދިނީ ސޮޑާއަށެވެ.

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް