ޑިވެލޮޕްމެންޓް ބޭންކްގެ ހިއްސާ ޖޭޕީ މޯގަންއަށް ދޭ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ގޮސިޕެއް: ރައީސް ޑރ. މުއިއްޒު
.webp&w=1080&q=100)
ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ހިއްސާއެއް އެމެރިކާގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް ކަމަށްވާ ޖޭޕީ މޯގަންއަށް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޑީބީއެމްގެ ކަންތައްތަކާ ގުޅުވައިގެން ފެތުރެމުންދަނީ ހަގީގަތާ ޚިލާފު ގޮސިޕް ވާހަކަތަކެއް ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ސޯޝަލް މީޑިއާގައާއި އާންމުންގެ ތެރޭގައި ފެތުރެމުންދާ ދެ އަޑެއް އެއްކޮށް ދޮގުކުރައްވާފައެވެ.
"ޑިވެލޮޕްމެންޓް ބޭންކްގެ ކަންތަކުގަ އެއީ ވެސް ތެދު ވާހަކައެއް ނޫން. ޖޭޕީ މޯގަންއާ ގުޅުވައި ތިޔަ ވިދާޅުވި ވާހަކައަކީ ވެސް ހަގީގަތެއް ނޫން. ވަރަށް ބޮޑަށް މި ހުންނަނީ ގޮސިޕް، ވަރަށް ބޮޑަށް ފެތުރިފައި." — ރައީސް ޑރ. މުހައްމަދު މުއިއްޒު
މީގެ އިތުރުން، ރަސްމާލެއިން ޔޫއޭއީ (ޔުނައިޓެޑް އަރަބް އެމިރޭޓްސް) ގެ ކުންފުންޏަކަށް "ޕާލް ރެސިޑެންސް" މަޝްރޫއުގެ ދަށުން ބިމެއް ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަވެސް ރައީސް ވަނީ ސީދާ ދޮގުކުރައްވާފައެވެ. ރައީސް ވިދާޅުވީ ރަސްމާލޭގެ އެއްވެސް ތަނެއް އެފަދަ ޕްރޮގްރާމެއް ހިންގުމަށް އެއްވެސް ބަޔަކަށް ދޭން ނޫޅޭ ކަމަށާއި، އެއީ ހަމަ އެއްގޮތަކަށްވެސް ހަގީގީ ވާހަކައެއް ނޫން ކަމަށެވެ.
ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމެންޓް ބޭންކްގެ އަމަލީ މަސައްކަތްތައް އަދި ރަސްމީކޮށް ނުފެށި އޮތް ނަމަވެސް، ބޭންކު ހުޅުވުމަށްޓަކައި ކުރަންޖެހޭ އެތެރޭގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެއެވެ.
މި ބޭންކަކީ ރާއްޖޭގެ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ގާއިމްކުރާ ވަރަށް މުހިއްމު ނިޒާމެކެވެ.
އިތުރަށް





.gif.gif&w=828&q=100)