logologologologo
STO
ޚަބަރު

އަލިފުށި ހޮސްޕިޓަލާއި އެއާޕޯޓްގެ މަސައްކަތް މި ދައުރު ތެރޭގައި ނިންމައި ހުޅުވާނަން: ރައީސް ޑރ. މުއިއްޒު

އަލިފުށި ހޮސްޕިޓަލާއި އެއާޕޯޓްގެ މަސައްކަތް މި ދައުރު ތެރޭގައި ނިންމައި ހުޅުވާނަން: ރައީސް ޑރ. މުއިއްޒު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 29

ރ. އަލިފުށީގެ ހޮސްޕިޓަލާއި އެއާޕޯޓްގެ މަސައްކަތް މި ދައުރުގެ ތެރޭގައި އެއްކޮށް ނިންމައި، ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ހުޅުވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ދަށުން އަލިފުއްޓަކީ ސްޓްރެޓިޖިކް ގޮތުން ވަރަށް މުހިންމު ލޮކޭޝަނެއް ކަމަށެވެ. އެހެންކަމުން އެ ރަށުގައި ހޮސްޕިޓަލާއި އެއާޕޯޓް ހިމެނޭހެން މުހިންމު މަޝްރޫއުތަކެއް ކުރިއަށްގެންދަން ސަރުކާރުން ވަނީ ރާވާފައެވެ.

މި މަޝްރޫއުތައް އެންމެ އެދެވޭ ސްޕީޑުގައި ކުރިއަށް ނުދިޔަ ނަމަވެސް، ދިމާވެފައިވާ ހުރަސްތައް ހައްލުކުރުމަށް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، މަޝްރޫއުތައް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ބޭނުންވާ މެޓީރިއަލްސް ގަތުމަށްޓަކައި ބޭނުންވާ ފައިނޭންޝިއަލް ސަޕޯޓް މިހާރު ހަމަޖައްސައިދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މާ ލަސްތަކެއް ނުވެ، އެމްޓީސީސީގެ ފަރާތުން، އެ ޕްރޮޖެކްޓުގެ މަސައްކަތް، ތަކެތި ހޯދައިގެން އަރުވާފައި އަވަހަށް ފައްޓާނެ. މި ދެ މަޝްރޫއު މި ދައުރު ތެރޭގައި ނިންމާފައި ހުޅުވާނަން." — ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް އިތުރަށް ވިދާޅުވީ، އެކި މަރުހަލާތަކުގައި ހުރި ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތައް ނިންމުމަށްޓަކައި، އެ މަޝްރޫއެއްގެ ސައިޒާއި ނިސްބަތުން ތާވަލެއް ހަދާފައިވާ ކަަމަށެވެ. އޭގެ ތެރޭގައި އަންނަ އަހަަރުގެ އެކި މުއްދަތުތަކަށް ނިންމުމަށްޓަކައި ކަނޑައަޅާފައިވަ މަޝްރޫއުތައްވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް