ސިޔާސީ ޕާޓީއެއް ޒިންމާދާރުވުމަކީ، ސަރުކާރުން ކުރާ ރަނގަޅު ކަންކަން ބަލައިގަންނަން ކެރުން: މުންދު

ވާދަވެރި ސިޔާސީ ޕާޓީތައް ޒިންމާދާރުވުމަކީ ސަރުކާރުން ކުރާ ރައްޔިތުންނަށް ފައިދާހުރި ރަނގަޅު ކަންކަން ބަލައިގަންނަން ކެރުންކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް، މުންދު ވިދާޅުވެއްޖެއެވެ.
މުންދު މިހެން ވިދާޅުވީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ގެ ނަމުގައި ތަރުޖަމާޏު ބާއްވަވާ ސިލްސިލާ ނޫސް ކޮންފަރެންސްގެ މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ބޭނުމަކީ ހަމައެކަނި އިންތިޚާބުތަކުގައި ވާދަކޮށްގެން ނަތީޖާ ނެރުން ނޫންކަމަށާއި ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާދެނީ ޒިންމާތަކެއްވެސް ހަވާލުކޮށްފައިކަމަށެވެ.
މުންދު ވިދާޅުވީ ސިޔާސީ ޕާޓީއަކުން ސިޔާސީ ވާދަވެރިކަން ސަރުކާރުގެ ހުރިހާކަމަކަށް ދެއްކުމުގެ ބަދަލުގައި ރައްޔިތުންނަށް ފައިދާވާގޮތަށް ސަރުކާރަކުން ކުރާ ކަންކަން ބަލައިގަންނަންޖެހޭކަމަށެވެ.
"ރާއްޖޭގައި މިއަދު މި ފެންނަނީ އެކަމެއް ނޫން، ޒިންމާދާރުކަމަކީ އަޅުގަނޑުމެން ރަނގަޅުކަމެއްކުރީމަ ނުވަތަ އެކަމަކީ ޖުމްލަގޮތެއްގައި ފައިދާހުރި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބަލައިގަންނަކަމަކަށްވާނަމަ އެކަމަށް މަރުހަބާ ކިޔުން،" ތަރުޖަމާނު ވިދާޅުވިއެވެ.
މީގެއިތުރުން މުންދު ވިދާޅުވީ މި ސަރުކާރު އިދިކޮޅު ސިޔާސީ ޙަރަކާތުގެ ގޮތުގައި އޮތްއިރު ކޮވިޑް-19 ގެ ޢާލަމީ ބަލިމަޑު ކަމުގެ ދުވަސްވަރު އެމްޑީޕީން އަޅަމުންދިޔަ ބައެއް ފިޔަވަޅުތަކަށް މަރުޙަބާ ކިޔައި އެއީ ރަނގަޅު ނިޔަތެއްގައި އެ ސަރުކާރުން އެޅި ފިޔަވަޅުތަކެއްކަން ހާމަކޮށްފައިވާނެކަމަށެވެ. އެކަމަށް ތާޢީދުކުރުމާއެކު އެކަން ފުރިހަމަވާނެ އިތުރު ގޮތްތައްވެސް އަމިއްލަ ރައުޔަށް ކިޔާދީފައިވާނެކަމަށް މުންދު ވިދާޅުވިއެވެ.
ސަރުކާރުން ކުރާ ހުރިހާކަމެއްގައި ދެކޮޅު ހެދުމަކީ ސިޔާސީ ޕާޓީއެއްގެ ޒިންމާދާރުކަމުން އުނިވާކަމެއްކަމަށާއި ރައީސް ފާހަގަކުރައްވަމުން ގެންދަވަނީ އެކަންކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
މިވަގުތު އެންމެ ބޮޑު އިދިކޮޅު ޕާޓީއަކީ އެމްޑީޕީއެވެ. މީގެއިތުރުން ރައީސް ޔާމީން އުފެއްދެވި ޕީއެންއެފް ވެސް ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)