logologologologo
STO
ޚަބަރު

ނޫމަޑި މައްސަލާގައި ޙުސައިން ވަޙީދު ދެއްކެވި ވާހަކަތަކަށް މުންދު ވަރުގަދަ ރައްދެއް ދެއްވައިފި

ނޫމަޑި މައްސަލާގައި ޙުސައިން ވަޙީދު ދެއްކެވި ވާހަކަތަކަށް މުންދު ވަރުގަދަ ރައްދެއް ދެއްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 27

ނޫމަޑި މައްސަލާގައި ކުރީގެ ޕޮލިސް ކޮމިޝަނަރ ޙުސައިން ވަޙީދު ދެއްކެވި ވާހަކަތަކަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް، މުންދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މުންދު ޙުސައިން ވަޙީދަށް ރައްދު ދެއްވީ ތަރުޖަމާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން "ޕްރެޝަރ ވިތު ދަ ސްޕޮކްސް" ގައި ނޫސްވެރިއަކު ނޫމަޑި މައްސަލައާ ގުޅޭގޮތުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނޫސްވެރިޔާ ސުވާލު ދެންނެވީ، ނޫމަޑި މައްސަލާގައި ރައީސް ޑރ. މުޢިއްޒު ދައުލަތާ ދެކޮޅަށް ދޮގުހެކި ދެއްވި ކަމަށް ބުނެ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އުފުލި ދަޢުވާ، 18 މެއި 2023 ގައި ރައީސް މުޢިއްޒުގެ މައްޗަށް ސާބިތެއް ނުވި ކަމަށާ، މި ދަޢުވާ ރައީސް މުޢިއްޒުގެ މައްޗަށް ސާބިތު ނުވީ އެމަނިކުފާނު ރިޝްވަތު ދެއްވުމުން ކަމަށާ، ރިޝްވަތުގެ ގޮތުގައި ފަނޑިޔާރަށް 8 ލައްކަ ރުފިޔާ ރައީސް މުޢިއްޒު ދެއްވި ކަމަށް އެމަނިކުފާނުގެ ވަކީލު ވިދާޅުވި ކަމަށް، ނިމިދިޔަ ހަފްތާގައި ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ކުރީގެ ޕޮލިސް ކޮމިޝަނަރ ޙުސައިން ވަޙީދު ވިދާޅުވެފައިވާކަމަށެވެ.

ނޫސްވެރިޔާ އިތުރަށް ދެންނެވީ އެ ކަމުގައި ހުވާ ކުރައްވަން ވެސް ހުންނެވި ކަމަށް ޙުސައިން ވަޙީދު ވިދާޅުވި ކަމަށާ މި ކަމުގައި ތަރުޖަމާނުގެ ކޮމެންޓަކީ ކޮބައިތޯއެވެ.

"ޙުސައިން ވަޙީދު ނިންމަވާ ހުވާކޮށްލުމަށް. އަޅުގަނޑު ޙުސައިން ވަޙީދު ކައިރީ އިންނާނަމޭ. އަޅުގަނޑު އިނީމޭ ރައީސް އޮފީހުގައި. އަޅުގަނޑަކީ ރައީސް އޮފީހުގެ މިނިސްޓަރޭ އޭރު." މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ އެ މައްސަލާގައި ރައީސް މުޢިއްޒުގެ އެއްވެސް ކުށެއް ނޯންނާނެ ކަމުގެ ސާބިތު ހެކި ފަރުދީގޮތުން އެނގިލައްވާ ކަމަށެވެ.

މުންދު ވިދާޅުވި ގޮތުގައި އެބޭފުޅުން އޭރުގައި ރައީސް މުޢިއްޒު، (އޭރުގެ މޭޔަރު) ގެ އިސްތަށިފުޅުގައި އަޅުވަން އުޅުނު ތުޙުމަތަކީ ނުވަތަ ނިންމި ނިންމުމަކީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ނިންމާފައި އޮތް ކަމެއްގެ ޒިންމާ އުފުއްލަވަން ޖެހޭނީ ރައީސް މުޢިއްޒު ކަމަށެވެ.

"ވަރަށް ކުރު ޖަވާބެއް ދެއްވަންތޯ. ރައީސް މުޢިއްޒު ނުވެސް އިންނަވާނެ އޭރު އިކޮނޮމިކް ކައުންސިލްގައި. މީ އޭރުގެ ރައީސް އޮފީހުގެ މިނިސްޓަރޭ މި ދަންނަވަނީ. ދެން އިކޮނޮމިކް ކައުންސިލްގައި ނީންނަވާ މީހަކު ކިހިނެއްތޯ އިކޮނޮމިކް ކައުންސިލުން ނިންމާ ނިންމުމެއްގެ ޒިންމާ އުފުލާނީ." މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ އެ މައްސަލައަކީ ރާއްޖޭގައި ހިނގާ ކޯޓުތަކުގައި ރިޔާޢަތް ކުރެވިގެން ކަނޑައެޅިގެން ދޮގު ވާހަކައެއްކަން ސާބިތުވެ ނިމިފައި އޮތް ކަމެއް ކަމަށެވެ. އަދި ޙުސައިން ވަޙީދު ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށާ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ވައްކަން ކުރައްވާނެ ބޭފުޅެއް ނޫންކަމަށް މުންދު ވިދާޅުވިއެވެ.

ނޫމަޑި މައްސަލައަކީ، ކުރީގެ އެމްޑީޕީ ސަރުކާރުން ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސަސް ކުންފުންޏާ ހަވާލުކޮށްފައިވާ ހައުސިންގް މަޝްރޫޢުތަކެއްގެ އެއްބަސްވުން އުވާލުމާއި ގުޅިގެން އެ ކުންފުންޏަށް ބަދަލެއްގެ ގޮތުން ދައުލަތުން ބޮޑު އަދަދެއް ދޭންޖެހުނު މައްސަލައެކެވެ. މި އެއްބަސްވުން އުވާލާފައިވަނީ 2013 ވަނަ އަހަރުއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް