logologologologo
STO
ޚަބަރު

ބަގީއަކަށް އަރައި ދުއްވަން އުޅުނު ކުޑަކުއްޖަކު މޫދަށް ވެއްޓި ނިޔާވެއްޖެ

ބަގީއަކަށް އަރައި ދުއްވަން އުޅުނު ކުޑަކުއްޖަކު މޫދަށް ވެއްޓި ނިޔާވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 27

ބަގީއަކަށް އަރައި ދުއްވަން އުޅުނު ކުޑަކުއްޖަކު މޫދަށް ވެއްޓި ނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އދ. ހަންޏާމީދޫގައެވެ.

ނިޔާވެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ 13 އަހަރުގެ ފިރިހެން ކުއްޖަކެވެ. އޭނާ ނިޔާވެފައި ވަނީ ބަގީއަކަށް އަރައި ދުއްވަން އުޅެނިކޮށް ކޮންޓްރޯލު ނުވެ ގޮސް ފަޅުތެރެއަށް ވެއްޓި  އިއްޔެއެވެ.

މި ހާދިސާ ހިނގީ ބަގީގައި ތަޅުދަނޑި ޖަހާފައި ހުއްޓާ އެ ކުއްޖާ ބަގީއަށް އަރައި ދުއްވާލިތަނާ ރަށުގެ ބަނދަރަށް ވެއްޓިގެން ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނިޔާވީ ކުއްޖާއަކީ ސައިކަލު، ބަގީ ކަހަލަ އެއްޗެހި ފެނުނީމާ އަރައި އުޅޭ ކުއްޖެއް ކަމަށާ އަބަދު ވެސް އާއިލާ މީހަކު ކައިރީގައި އެކުއްޖާ ބަލަން ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

އިއްޔެ ހަވީރު ބަނދަރަށް ދިޔައީ އޭނާގެކާފައާ އެއްކޮށް ކަމަށާ ދެން އެހެން ހުރެފައި ކުއްލިއަކަށް ގޮސް ބަގީއަށް އަރާފައި ސްޓާޓް ކޮށްލީ ކަމަށާ އެ ވަގުތު އެތާ ތިބި މީހުން ހުއްޓުވަން ވެސް އުޅުނު ކަމަށް އެ މީހާ ބުނެފައިވެއެވެ.

އޭނާ ބުނީ ކުއްޖާ ވެއްޓުނު ވަގުތު ބަނދަރުގައި އޮތް ދޯންޏެއްގައި ބޯ ޖެހި ފަޅައިގެން ގޮސް އަނިޔާވި ކަމަށެވެ. ކުއްޖާ ނިޔާވީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް ކަމަށް ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުންގެ ތަޙުޤީޤަށް ބޭނުންވާ ޓެސްޓްތަައް ހަދައި ސާމްޕަލް ނެގުމަށް ފަހު ރޭ 12 ޖެހިއިރު ވަނީ އަރީޝްގެ ޖަނާޒާ ބާއްވާފަ އެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރުވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށާއި ބަލަންޖެހޭ ކަންކަން ބަލައި، ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާ މައުލޫމާތު އެއްކުރުމަށް ފަހު، މައްސަލައާ ގުޅޭ އިތުރު ތަފުސީލު ހިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.  

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް