ސަރުކާރުން ބޮޑު ތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާތީ ނަޝީދަށް "ހަޖަމެއް ނުވި"

މާލޭގެ އެންމެ ގިނަ ކާރުބާރު ބޮޑު އެއްމަގު ކަމަށްވާ މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނު މަގު ސަރުކާރުން ތަރައްގީ ކުރާތީ އެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފާޑު ވިދާޅު ވެއްޖެ އެވެ.
ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތާރު އަޅައިގެން ރީތި ކަމެއް ނުފެންނާނެ ކަމަށާއި ރީތި ކަން ފެންނާނީ ގަސް އިންދާގެންކަމަށާއި އަދި މާލޭގައި ދުއްވާ ވެހިކަލްތައް ލިމިޓް ކޮށްގެން ކަމަށެވެ.
ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް އެ މަގުގެ އެއްފަރާތުގައ ގަސް އިންދާފައި ހުރެ އެވެ. އަދި މަސައްކަތް ނިމޭއިރު ފާލަމާއި ވީ ފަރާތުގައި ގަސް އިންދަން ހާއްސަ ސަރަހައްދެއް ހުންނާނެ އެވެ.
ރައީސް ޑރ މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން 5 މިލިއަން ގަސް ޕްރޮގްރާމު އަންނަނީ ބާރު ސްޕިޑެއްގައި ކުރިޔަށް ގެންދަމުންނެވެ. އެގޮތުން ސަރުކާރުން ވަނީ ނިމިދޔަ 2 އަހަރާއި ބައިގެ ތެރޭގައި 1.6 މިލިއަން ގަސް ވަނީ އިންދާފަ އެވެ.
އިތުރަށް





.gif.gif&w=828&q=100)