logologologologo
STO
ކުޅިވަރު

ރޮނާލްޑޯގެ ރެެކޯޑާއެކު ޕޯޗުގަލް އަށް ބޮޑު މޮޅެއް

ރޮނާލްޑޯގެ ރެެކޯޑާއެކު ޕޯޗުގަލް އަށް ބޮޑު މޮޅެއް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 23

ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ރެކޯޑް ގޯލުތަކާ އެކު ޕޯޗުގަލް އިން 5-0 އިން އުޒްބެކިސްތާން ބަލިކޮށް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މި ފަހަރު ފުރަތަމަ މޮޅު ހޯދައިފި އެވެ. 

މި މެޗުގައި އުމުރުން 41 އަހަރުގެ ރޮނާލްޑޯ ހެދި ދެ ރެކޯޑަކީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަަމަ ކުޅުންތެރިޔާގެ ޝަރަފްވެރި ރެކޯޑާއި ވޯލްޑް ކަޕްތަކުގައި ޕޯޗުގަލް އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ. 

މެޗު ފެށިގެން 6 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ލީޑު ނަގައިދިނީ ރޮނާލްޑޯއެވެ. މިއީ ޔާއޯ ކަންސޭލޯ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ 11 މިނެޓު ފަހުން، މެޗުގެ 17 ވަނަ މިނެޓުގައި ނޫނޯ މެންޑޭޒް ވަނީ ލަނޑެއް ޖަހައި ޕޯޗުގަލްގެ ލީޑު ފުޅާކޮށްދީފައެވެ.

އުޒްބެކިސްތާނުން ހައިޑްރޭޝަން ބްރޭކަށް ފަހު މެޗުގެ ތެރެއަށް ވަދެ ރަނގަޅު ކުޅުމެއް ދައްކައި ގޯލެއް ޖެހި އެވެ. އެ ގޮތުން، މެޗުގެ 29 ވަނަ މިނިޓްގައި އުޒްބެކިސްތާންގެ އަޒިޒްޔޯން ގަނީއޭވް، އޭރިއާ ރޮނގުކައިރިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލި އެވެ. އެހެން ނަަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން ދަނޑުކައިރީގައި ހުރި މޮނީޓަރުން ބެލިއިރު، އެ އެޓޭކުގައި އުޒްބެކިސްތާންގެ އަބޯސްބެކް ފަޒުލޭވް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޕޯޗުގަލްގެ ޖޮއާއޯ ކަންސެލޯ އަށް ފައުލުކުރުމުން ރެފްރީ ނިންމީ ގޯލު ބަލައިނުގަންނާށެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން، 39 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ރޮނާލްޑޯ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.

އުޒްބެކިސްތާނުން ހައިޑްރޭޝަން ބްރޭކަށް ފަހު މެޗުގެ ތެރެއަށް ވަދެ ރަނގަޅު ކުޅުމެއް ދައްކައި ގޯލެއް ޖެހި އެވެ. އެ ގޮތުން، މެޗުގެ 29 ވަނަ މިނިޓްގައި އުޒްބެކިސްތާންގެ އަޒިޒްޔޯން ގަނީއޭވް، އޭރިއާ ރޮނގުކައިރިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލި އެވެ. އެހެން ނަަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން ދަނޑުކައިރީގައި ހުރި މޮނީޓަރުން ބެލިއިރު، އެ އެޓޭކުގައި އުޒްބެކިސްތާންގެ އަބޯސްބެކް ފަޒުލޭވް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޕޯޗުގަލްގެ ޖޮއާއޯ ކަންސެލޯ އަށް ފައުލުކުރުމުން ރެފްރީ ނިންމީ ގޯލު ބަލައިނުގަންނާށެވެ. 

މި މޮޅާއެކު ޕޯޗުގަލްއިން ވަނީ ކުރިއަށް ހުރި މެޗުތަކަށް ޓީމު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައިކަން ސާބިތުކޮށްދީފައެވެ. އަދި އުމުރުން ދުވަސްވީ ނަމަވެސް ރޮނާލްޑޯ އަކީ އަދިވެސް ބައިނަލްއަގުވާމީ މައިދާނުގައި ނުރައްކާތެރި ފޯވާޑެއްކަން މި މެޗުން އަނެއްކާވެސް ހާމަވެގެންދިޔައެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް