logologologologo
STO
ޚަބަރު

ފުޓްބޯޅަ ލެޖެންޑް، އާޖެންޓީނާގެ މެސީ ރޭގެ މެޗްގައި 2 ރެކޯޑެއް ގާއިމުކޮށްފި

ފުޓްބޯޅަ ލެޖެންޑް، އާޖެންޓީނާގެ މެސީ ރޭގެ މެޗްގައި 2 ރެކޯޑެއް ގާއިމުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 23

ފުޓްބޯޅަ ލެޖެންޑް، އާޖެންޓީނާގެ މެސީ ރޭގެ މެޗްގައި 2 ރެކޯޑެއް ގާއިމުކޮށްފިއެވެ.

ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ޕެނަލްޓީ ނާކާމިޔާބުވި ކުޅުންތެރިއާގެ ލަގަބް ވެސް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ރޭ ވަނީ ލިބިފައެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އޮސްޓްރިއާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ލިއޮނަލް މެސީ އަތުން ޕެނަލްޓީއެއް މިސްވުމާއެކު، ވޯލްޑް ކަޕްގެ ތާރީޚްގައި އެންމެ ގިނަ ޕެނަލްޓީ މިސްކުރި ކުޅުންތެރިޔާގެ ރެކޯޑް މެސީ އަށް ވަނީ ލިބިފައެވެ.

މެސީ ވަނީ ވޯލްޑް ކަޕްގެ މެޗުތަކުގެ ވަގުތުގެ ތެރޭގައި ޖުމްލަ 3 ޕެނަލްޓީ މިސްކޮށްފައެވެ.

​2018 ވަނަ އަހަރު: އައިސްލޭންޑާ ދެކޮޅަށް.
​2022 ވަނަ އަހަރު: ޕޮލެންޑާ ދެކޮޅަށް.
​2026 ވަނަ އަހަރު (ރޭ): އޮސްޓްރިއާއާ ދެކޮޅަށް.

ރޭގެ ޕެނަލްޓީ މިސްވީ އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅުގައި ނަމަވެސް މި މެޗުގައި އޭނާ ވަނީ ފަހުން 2 ގޯލު ޖަހައި އާޖެންޓީނާ 2-0 އިން މޮޅުކޮށްދީފައެވެ.

ރޭގެ މެޗްގައި އޮސްޓްރީއާ ކޮޅަށް މެސީ ޖެހި 2 ލަނޑާއި އެކު އޭނާ މިވަނީ ވޯލްޑް ކަޕްގައި 18 ގޯލް ޖަހައި، މިހާތަނަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފައެވެ.

​މި ބަދަލާއެކު، އެންމެ ގިނަ ޕެނަލްޓީ މިސްކުރި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި ކުރިން އޮތް ގާނާގެ އަސަމޯއާ ޖިއާން (2 ޕެނަލްޓީ މިސް) މިހާރު އޮތީ ދެވަނައިގައެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް