ޚަބަރު
ހުޅުމާލެއާ ގުޅިފައި އޮންނަ ފަރުކޮޅުފުށީ ހިއްކި ބިމުގައި މާރާމާރީއެއް ހިންގައިފި

ޒައުޖަތު އަޙުމަދު2026 ޖޫން 21
ހުޅުމާލެއާ ގުޅިފައި އޮންނަ ފަރުކޮޅުފުށީ ހިއްކި ބިމުގައި މާރާމާރީއެއް ހިންގައިފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް2 ފަރުކޮޅުފުށި ހިއްކި ބިމުގައި މާރާމާރީއެެއް ހިންގި ކަމުގެ މަޢުލޫމާތު މިރޭ 18:37 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.
މި މާރާމާރީގައި 2 މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި މާރާމާރީގައި އަނިޔާވެފައި ވަނީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަނިޔާޥި 2 މީހުންގެ ޙާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.
އިތުރަށް

ސްޓެލްކޯގެ ފްލެޓަކުން މިއަދު ހެނދުނު ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވެއްޖެ
1 ސެޕްޓެމްބަރު 2026

ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި މަންމަގެ ބައިވެރިވުން އޮތްތޯ ބަލަނީ
1 ސެޕްޓެމްބަރު 2026

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާ ނިޔާވެއްޖެ
1 ސެޕްޓެމްބަރު 2026

ޑޮލަރުގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި
31 އޯގަސްޓު 2026

.gif.gif&w=828&q=100)