logologologologo
STO
ޚަބަރު

ޚުލާސާކޮށް އިއްޔެ: 5،600 ވޭޕް ކާޓްރިޖު އެތެރެކުރަން އުޅުނީ ކުރީގެ ފަސްޓް ލޭޑީ ފަޒުނާގެ އާއިލީ ކުންފުނީގެ ނަމުގައި

ޚުލާސާކޮށް އިއްޔެ: 5،600 ވޭޕް ކާޓްރިޖު އެތެރެކުރަން އުޅުނީ ކުރީގެ ފަސްޓް ލޭޑީ ފަޒުނާގެ އާއިލީ ކުންފުނީގެ ނަމުގައި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 19

ކަސްޓަމްސް އިން އިއްޔެ ހިނގި އޮޕަރޭޝަނުގައި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފައި ވަނީ ކުރީގެ ފަސްޓް ލޭޑީ ފަޒުނާ އަހްމަދުގެ އާއިލީ ކުންފުނި ޕޭން-އޯޝަން އިންޓަނޭޝަނަލް ޕްރައިވެޑް ލިމިޓެޑްގެ ނަމުގައި އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރެއިންކަން އެނގިއްޖެ އެވެ. 

ވޭޕްތައް ހުރީ ޕޭން-އޯޝަންގެ މުދާ ޝިޕްމަންޓެއް ކަން ކަސްޓަމްސްގެ އޮފިޝަލަކު "ދުވެލި" އަށް ކަށަވަރުކޮށްދެއްވި އެވެ.

ޕޭން-އޯޝަންގެ ހިއްސާދާރުންގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާގެ އާއިލީ ބޭފުޅުން ހިމެނޭއިރު ދެން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި އޮތް "ޝައިންޓްރީ ހޯލްޑިން" ގެ ހިއްސާދާރުންގެ ތެރޭގައި ފަޒްނާ ވެސް ހިމެނެ އެވެ. އަދި އާއިލާގެ އިތުރު އަށް ބޭފުޅަކު ވެސް ހިމެނެ އެވެ. 

އެކި ވިޔަފާރިތައް ކުރާ މި ދެ ކުންފުނީގެ ވެސް ހިއްސާދާރުންގެ ތެރޭގައި ފަޒުނާގެ ބައްޕަ އަހްމަދު އިސްމާއިލް މަނިކު (ބޮޑު ސިއްކަ) ހިމެނެ އެވެ. 

ކަސްޓަމްސް އިން ކުރިން ބުނީ އެ އިދާރާއިން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި "ޖެނެރަލް ކާގޯ"ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށެވެ. އެ ޝިޕްމަންޓުގެ ތެރެއިން ޖުމްލަ 5،600 ވޭޕް ކާޓްރިޖު ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ. 

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން މަނާކުރީ ޑިސެމްބަރު 15، 2024 ގަ އެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ކަނޑައެޅި އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން، ގަވާއިދާ ހިލާފަށް ރާއްޖެއަށް ވޭޕް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވެ އެވެ. 

ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް