logologologologo
STO
ޚަބަރު

ނަޝީދު އާއި މައްސަލަ ޖެހުނީ ބޮޑު ވަޒީރުކަން ނުދިނުމުން: ސޯލިހު

ނަޝީދު އާއި މައްސަލަ ޖެހުނީ ބޮޑު ވަޒީރުކަން ނުދިނުމުން: ސޯލިހު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 09

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގުޅުން ގޯސްވި ސަބަބުތަކާއި ގުޅޭގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް, ފުރަތަމަ ފަހަރަށް މިއަދު ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވައިފި އެވެ.

އެމަނިކުފާނު އެ މައުލޫގައި ވާހަކަފުޅު ދެއްކެވީ އެމްޑީޕިގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންގައި މީކާއީލަށް ތާއީދު ހޯއްދެވުމަށް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަރަދޫގައި މިއަދު ހަވީރު ބޭއްވި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މަޖްލިސް ތެރޭން ކުރީ ޖެއްސުން

އެމްޑީޕީގެ ވެރިކަން 2018 ވަނަ އަހަރު ފެށުނީއްސުރެ ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބުނު ނަމަވެސް، އެ ފަހުން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ފަހު ކަންކަން ބަދަލުވި ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. މަޖިލިސް އިންތިޚާބު ނިމުމާއެކު، ޕާލިމެންޓް ހިނގާނީ ސަރުކާރާ ވަކިން ކަމަށް އެ މަނިކުފާނު އިންނެވި ބައްދަލުވުމެއްގައި ހުށަހެޅި ކަމަށާއި، އޭގެ ސަބަބުން އޭރުގެ ސަރުކާރު ވަރަށް ދަތި ހާލަތަކަށް ވެއްޓުނު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކޮންމެ މައްސަލައެއްގައި ނުވަތަ ބިލެއްގައި މެމްބަރުންގެ ތާއީދު ހޯދުމަށް ލޮބީ ކުރަން އެ މަނިކުފާނަށް މަޖުބޫރުވި ކަމަށެވެ. މިއީ މީގެ ކުރިން އެހާ ބޮޑަށް ދައްކަން ބޭނުންފުޅުވި ވާހަކައެއް ނޫންކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މަޖިލިސްގެ ތެރެއިން އެމްޑީޕީގެ ބައެއް މެމްބަރުން ވަރަށް ހަޑިހުތުރުކޮށް ކަންކަން ކުރެއްވި ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަށް ވުރެ ބޮޑަށް އެމްޑީޕީގެ ވެރިކަމުގެ އަގުވައްޓާލަން އެ ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ނަޝީދުގެ ފެކްޝަންގެ މެންބަރުންގެ އަމަލުތައް އޭރު މަޖިލީސްތެރޭ ހުރި ގޮތް ހަނދާނަށް ގެންނަވާ އެ ވާހަކަތައް ވިދާޅުވި އެވެ.

"މަޖިލީސްތެރޭގައި ވަރަށް ހަޑިހުތުރުކޮށް ސަރުކާރަށާ އަޅުގަނޑަށް ނިސްބަތްކޮށް އަޅުގަނޑުމެންގެ މެންބަރުން ވާހަކަ ދައްކަން ފެށި. ވަގަށްވެސް ގޮވަނީ. ހަޑިހުތުރު އެއްޗެހިވެސް ގޮވަނީ. ސަރުކާރުން ރައްޔިތުންނަށް ކަމެއް ނުކޮށްދޭ ވާހަކަވެސް ގޮވަނީ. ހަގީގަތުގައި އޭރު އޮތް އޮޕޮޒިޝަނަށްވުރެ ބޮޑަށް ސަރުކާރު ފަލީހަތްކޮށް ރައްޔިތުންގެ ކުރިމަތީގައި އަގުވައްޓާލުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި ތިބި ބަޔަކު އެ މަސައްކަތްކުރި. އެ ދަތީގައި އަޅުގަނޑު މަަސައްކަތްކުރީ,"

ސަރުކާރުން ހުށަހަޅާ ކޮންމެ ބިލަކަށް މެމްބަރުންގެ ތާއީދު ހޯދަން ލޮބީކުރަން ޖެހުނުއިރު، މަޖިލީހުގެ ތެރެއިން އެމްޑީޕީގެ ބައެއް މެމްބަރުން ސަރުކާރަށާއި އެމަނިކުފާނަށް ނިސްބަތްކޮށް ހަޑިހުތުރު ބަސްތައް ބޭނުންކޮށް، އޭރު އޮތް އިދިކޮޅު ޕާޓީއަށްވުރެ ބޮޑަށް ސަރުކާރު ފަލީހަތްކުރަން މަސައްކަތްކުރި ކަމަށް އިބޫ ތުހުމަތުކުރެއްވިއެވެ.

"އަޅުގަނޑަށް މަޖުބޫރުވި ސަރުކާރުން ހުށައަޅާ ކޮންމެ ބިލަކާ, ކޮންމެ މައްސަލައެއްގައި ލޮބީ ކޮށްގެން މެންބަރުންގެ ތާއީދު ހޯދަން. އަޅުގަނޑު އެ މަސައްކަތް ކުރަމުން ގެންދިޔައިން," ރައީސް ސޯލިހް ވިދާޅުވި އެވެ.

ނަޝީދު ބޭނުންފުޅުވީ ވެރިކަމުގެ ފުރަތަމަ އަހަރު ނިޒާމު ބަދަލުކުރަން

ވެރިކަމަށް އަހަރެއް ނުވަނީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރިފަރެންޑަމަކަށް ދާން ބޭނުންފުޅުވެގެން އެދިވަޑައިގަތް ކަމަށާއި، ކޮވިޑްގެ ދުވަސްވަރު ވެސް ބޮޑުވަޒީރަކަށް ވާން ބޭނުންފުޅުވެގެން މެސެޖު ކުރެއްވި ކަމަށް އިބޫ ހާމަކުރެއްވިއެވެ. ނަމަވެސް، އޭރު ހެދި ދިރާސާތަކުން ބަރުލަމާނީ ނިޒާމަށް އޮތީ އެންމެ 20 އިންސައްތަ ތާއީދު ކަމަށް ދައްކާތީ، ނާކާމިޔާބުވާނެ ކަމެއްގެ ތެރެއަށް ގޮސްފިނަމަ ރިޔާސީ އިންތިހާބު ގެއްލޭނެތީ ދައުރު ނިންމާލުމަށްފަހު ރައްޔިތުންގެ ގާތަށް ދާން އެދިވަޑައިގަތް ކަމަށް ވިދާޅުވިއެވެ.

އަދި ކޯލިޝަން ޕާޓީތަކާއެކު އެގްރީމަންޓެއް އޮތުމުން އެ ދައުރަށް ފަހު އެފަދަ ވޯޓަކަށް ދެވިދާނެ ކަމަށް ދެންނެވި ނަމަވެސް ނަޝީދު އެކަން ގަބޫލުނުކުރެއްވި ކަަމަށް ސޯލިހް ވިދާޅުވި އެވެ.

ޕްރައިމަރީއަށް ފަހު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުން

ސޯލިހް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަަޅަން ބޭއްވި ޕްރައިމަރީއަށް ދެ ރައީސުން ވެސް ނިކުންނެވީ މޮޅުވާ ކެންޑިޑޭޓަކާއެކު ކުރިއަށްދާނެ ކަމަށް ވިދާޅުވަމުން ނަމަވެސް އެކަން އެހެން ނުވި ކަަމަށެވެ.

އަދި ވެވަޑައިގެންނެވި ވައުދާއި ހިލާފުވެ ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން ޕާޓީއެއް ވެސް އުފެއްދެވީ ކަމަށެވެ.

އޭގެ ފަހުން ވެސް ނަޝީދާއެކު މަަސައްކަތް ކުރެއްވޭނެ ގޮތްތަކެއް ހޯއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ދެއްވި އެވެ.

ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ ނަޝީދު އެކަހެރިކޮށް "އީގޯ" އިސްކޮށް ކުރެއްވި ކަންކަމުން ކަަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ވާހަކަތަކަށް ވެސް ސޯލިހް ރައްދު ދެއްވި އެވެ. އަދި ނަޝީދާއެކު ކުރިއަށް ދެވޭނެ ރަނގަޅު ޕްރޮފޯސަލެއް ދެއްވި ކަމަށް އަމީރު ވިދާޅުވި ވާހަކަފުޅަށް ވެސް ރައްދު ދެއްވި އެވެ.

2023 ގެ ޕްރައިމަރީއަށްފަހު ނަޝީދުގެ ފަރާތްޕުޅުން އެކުގައި މަސައްކަތްކުރުމުގެ ރޫހެއް ނުފެނި، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވިކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ، އޭރު އެކުގައި ކުރިއަށްދާން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހިމެނޭ ގޮތަށް 3 މިނިސްޓަރަކު ވަކިކުރުމާއި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ރިފަރެންޑަމެއް ބޭއްވުމުގެ ޝަރުތުތައް ނަޝީދު ހުށަހެޅުއްވި ކަމަށެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވި މައިގަނޑު ސަބަބަކީ، ކޮވިޑް ވެންޓިލޭޓަރުގެ ވާހަކަތަކާއި، ކަނޑު ވިއްކާލި ކަމަށް ބުނާ ވާހަކަތަކުގެ އިތުރުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ދެކެވުނު ވާހަކަތަކުގެ ސަބަބުން ކަމަށް ސޯލިހު ވިދާޅުވިއެވެ.

"ނިއުޅެމެންދާ ކަމަށްވާނަމަ ދައްކާނެ ކިތަންމެ ވާހަކައެއް އެބަހުރި" އިތުރަށްވެސް ދައްކަވާނެ ވާހަކަތައް އެބަހުރި ކަމަށް ވިދާޅުވެ ރައީސް ސޯލިހް ވިދާޅުވި އެެވެ.

ރައީސް ސޯލިހް ވަނީ އެމްޑީޕީގެ ހަމަޖެހުމާއި ބަދަހިކަމާއި އަދި 2028 ގެ ކާމިޔާބު ހޯދުމަށް މީކާއީލަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް