އެމްޑީޕީ ވަރަށް ކަންނެތް، އެމީހުން މަސައްކަތެއް ނުކުރޭ: ޔާމީން

ރައީސް އަބްދުﷲ ޔާމީން ކޯލިޝަން ހަދާފަައިވާ އެމްޑީޕީ ވަރަށް ކަންނެތް ކަމަށް ރޭ ޔާމީނު ވިދާޅުވެއްޖެއެވެ.
މިނިވަން ނޫސްވެރިކަމުގެ ދިފާއުގައިކަމަށް ބުނެ ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތްކުރައްވަން ޔާމީނާއި އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް މުހައްމަދު ޞާލިޙް އަދި މުހައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ.
ޕީއެންއެފްގެ ސިޓިން ރޫމުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން ޔާމީން ބުނީ، މި ސަރުކާރާ ދެކޮޅަށް ޕީއެންއެފުން ކުރާ މަސައްކަތާ ދޭތެރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
ޔާމީނު ބުނިގޮތުގައި މިއަކީ ޕީއެންއެފްއިން ކުރާ ސިޔާސީ މަސައްކަތާ އެއްވަރުގެ މަސައްކަތެއް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވެސް ކުރަންވީ ވަގުތު ކަމަށެވެ. ޔާމީނު ވަނީ އެމްޑީޕީން އެ މަސައްކަތް ނުކުރަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.
ޔާމީނު އިތުރަށް ބުނީ ކުޑަކުޑަ ޕީއެންއެފްއިން ކުރާ ވަރާ ގާތަށްވެސް ބިޔަބޮޑު އެމްޑީޕީއަށް މަސައްކަތް ނުކުރެވޭކަމަށާއި، އެޔަށްވުރެން ބޮޑަށް އެމްޑީޕީ ހަރުދަނާ ވާން ޖެހޭ ކަމަށެވެ.
"މިހާރު މި ފެނިގެންދަނީ މުއިއްޒަށް މި ބްރީތް ކުރެވެނީ ނޫނީ ނޭވާލެވެނީ އެމްޑީޕީ ސްލެކް (ކަންނެތް) ކަމުން. އެ ބޭފުޅުންގެ ފަރާތުން މަސައްކަތްތަކެއް ނުކުރެވޭތީ،" ޔާމީން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޔާމީން މި ފަދައިން ވިދާޅުވިއިރު ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ނަޝީދު ވެސް ވަނީ އެމްޑީޕީ އޮތީ ނިދާފައިކަމަށް ބުނެފައެވެ.
އިތުރަށް





.gif.gif&w=828&q=100)