logologologologo
STO
ކުޅިވަރު

މިއަދުގެ މެޗުގައި މެސީ އަށް ރަތް ކާޑު ދައްކަން ޖެހޭނެތަ؟

މިއަދުގެ މެޗުގައި މެސީ އަށް ރަތް ކާޑު ދައްކަން ޖެހޭނެތަ؟
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 17

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގައި އެންމެ ފަހުގެ ޗެމްޕިއަނުން އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗުގައި އާޖެންޓީނާގެ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގ މަގާމު ހޯދި މެސީ ކުރި ފައުލަކަށް ގިނަ ބައެއެްގެ ސަމާލުކަން އަމާޒު ވެއްޖެ އެވެ.

ރޭގެ މެޗުގައި މެސީ ވަނީ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އަލްޖީރިއާގެ ކުޅުންތެރިއެއްގެ ފައިގައި ބޫޓުން ޖަހާފަ އެވެ. މި ގޮތަށް ގަސްތުގައި އެހެން ކުޅުންތެރިޔެއްގެ ގައިގައި ބޫޓުން ޖަހައިފި ނަމަ އާންމުކޮށް އެކުޅުންތެރިޔަކަށް ރަތް ކާޑު ދައްކާ އުޅޭއެވެ. އެހެންނަމަވެސް މެސީއަށް ރަތް ކާޑު ނުދެއްކި އިރު ރީނދޫ ކާޑު ވެސް ދައްކާފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ވަރަށްގިނަ މީހުންގެ ފާޑުކިޔުން ފީފާއަށް ވަނީ އަމާޒުވެފަ އެވެ. ފީފާއިން އަބަދުވެސް މެސީއަށް ފަހިވާ ގޮތަށް ކަންކަން ކުރާކަމަށް އަބަދުވެސް ސޯޝަލް ވާހަކަ ދެކެވެއެވެ. ވަކިން ހާއްސަކޮށް ޕޯޗުގަލްގެ ތަރި ރޮނާލްޑޯގެ ސަޕޯޓަރުން މިވާހަކަ ދައްކާލެއް ގިނަ އެވެ.

މިރޭ ރާއްޖެ ގަޑިން 10 ޖަހާއިރު ރޮނާލްޑޯގެ ޕޯޗުގަލްގެ ފުރަތަމަ މެޗު ކުޅޭނެ އެވެ. މި މެޗުގައި އެޓީމު ބައްދަލުކުރާނީ ޑީއާރު ކޮންގޯ އާއި އެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް