އެމްއެންޑީއެފުން ޖޫން 2 ވަނަ ހަފުތާގައި ބަލިމީހުން އުފުލުމަށް 71 ދަތުރުކޮށްފި

އެމްއެންޑީއެފް ކޯސްޓްގާޑުން ޖޫން 2 ވަނަ ހަފުތާގައި ބަލިމީހުން އުފުލުމަށް 71 ދަތުރުކޮށްފިއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި ޖޫން 6ން 12 އަށް ބަލި މީހުން އުފުލުމަށް 71 ދަތުރުކޮށްފައިވެއެވެ.
އެ އިދާރާއިން ބުނީ މި ދަތުރުތަކުގެ ތެރޭގައި ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން 48 ދަތުރާއި، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން 3 ދަތުރާއި، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން 13 ދަތުރު އަދި ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން 6 ދަތުރު ކޮށްދީފައިވާ ކަމަށެވެ. މީގެއިތުރުން ސީއެމްބިއުލާންސްގައި 1 ދަތުރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެމްއެންޑީއެފުން ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ވެސް ބަލި މީހުން އުފުލުމަށް 84 ދަތުރު ކުރިކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތްފަހުން އެއާރ އެމްބިއުލާންސް ތައާރަފު ކުރައްވާ ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލި މީހުން އުފުލުމުގެ ކަންކަން ކުރިޔަށްވުރެ ހަރުދަނާ ކުރައްވާފައިވާ ކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)