logologologologo
STO
ޚަބަރު

ލޯންޗެއް އެކްސިޑެންޓްވެ ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި ފަރުވާދެނީ

ލޯންޗެއް އެކްސިޑެންޓްވެ ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި ފަރުވާދެނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 01

ލޯންޗެއް އެކްސިޑެންޓްވެ ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި ފަރުވާދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ 2 މީހުންނާއިއެކު ދަތުރުކުރަމުންދިޔަ "ޓުއަރ ގާރޑް" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެގެން، އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި ހާނިކަތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ސިފައިން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ލޯންޗަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

މި ހާދިސާގައި އަނިޔާވި ފަޅުވެރިންގެ މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް