logologologologo
STO
ޚަބަރު

ކޯސްޓްގާޑުން ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 84 މެޑިކަލް އިވެކުއޭޝަން ހަދައިދީފި

ކޯސްޓްގާޑުން ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 84 މެޑިކަލް އިވެކުއޭޝަން ހަދައިދީފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 06

ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 84 މެޑިކަލް އިވެކުއޭޝަން ހަދައިދީފި އެވެ.

އެމްއެންޑީއެފުން މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން 54 އިވެކުއޭޝަން ދަތުރާއި، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން 10 އިވެކުއޭޝަން ދަތުރާއި، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން 16 އިވެކުއޭޝަން ދަތުރު ކޮށްދީފައިވާއިރު، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން 4 އިވެކުއޭޝަން ދަތުރު ވަނީ ކޮށްދީފައި ކަމަށެވެ.

 

View post on Twitter

ރައީސް ޑރ މުޢިއްޒު ވެރިކަމަށް ވަޑައިގަތްފަހުން އެއާރ އެމްބިއުލާންސް ތައާރަފު ކުރައްވާ ބަލި މީހުން އުފުލުމުގެ ކަންކަން ވަނީ ކުރިޔަށްވުރެ ހަރުދަނާ ކުރައްވާފަ އެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް