logologologologo
STO
ޚަބަރު

ޢީދުގެ މުނާސަބަތުގައި މިރޭ ހަވާ އަރުވަނީ

ޢީދުގެ މުނާސަބަތުގައި މިރޭ ހަވާ އަރުވަނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 30

މިއަހަރުގެ އަޟުޙާ ޢީދުގެ ހަރަކާތްތައް ނިންމުމުގެ ގޮތުން މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ހަވާ އަރުވާނީ ވިލިމާލެއާ ދިމާ ބޭރުން ކަމަށެވެ.

އެ އިދާރާއިން ބުނީ ހަވާ އަރުވާނީ މިރޭ 21:45އާއި 22:15އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 5 މިނެޓެއް ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ވިލަރެސްކޮށްގެން، މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފަލުގައި "ޢީދު ހަވީރު 1447" ނަމުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތްތަކަކީ ގްރޭޓާ މާލެ ސަރަހައްދުގެ ޢާއިލާތައް އެކުވެރި މާޙައުލެއްގައި ބައްދަލުވެ، ޢީދު އުފާ ފާހަގަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ. 3 ދުވަހަށް ކުރިއަށްގެންދިޔަ "ޢީދު ހަވީރު 1447" ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 11 އެސްއޯއީއަކުން ބައިވެރިވެފައިވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް