logologologologo
STO
ޚަބަރު

ގެއްލުނު ފުލުހަކު މަރުވެފައި އޮތްވާ މޫދު އަޑިން ފެނިއްޖެ

ގެއްލުނު ފުލުހަކު މަރުވެފައި އޮތްވާ މޫދު އަޑިން ފެނިއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 11

ޕޮލިސް އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ފުލުހަކު ނިޔާވެފައި އޮތްވާ ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ.

މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، މޫދު އަޑިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާގެ ހަށިގަނޑު މިހާރު އއ. މަތިވެރި ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދޭ ކަމަށް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރައްވަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް