logologologologo
STO
ޚަބަރު

ޑްރަގް ފޮރުވާފައި ހުރި ދެ ސައިކަލުގެ ދެ ތަޅުދަނޑި ފެނުނީ ތުހުމަތުވާ މީހާގެ ފުރަގަސްފަރާތުން

ޑްރަގް ފޮރުވާފައި ހުރި ދެ ސައިކަލުގެ ދެ ތަޅުދަނޑި ފެނުނީ ތުހުމަތުވާ މީހާގެ ފުރަގަސްފަރާތުން
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 10

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ގޮޅިއަށް ވެއްދުމުގެ ކުރިން ބަަލައި ފާސްކުރިއިރު އޭނާގެ ފުރަގަސްފަރާތުގައި ދެ ތަޅުދަނޑި ފޮރުވާފައި އޮއްވައި ފެނުނު ކަމަށާއި މަސްތުވާތަކެތި ފޮރުވާފައި ހުރި ދެ ސައިކަލު އެ ތަޅުދަނޑިތަކުން ހުޅުވުނު ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

މަސްތުވާތަކެތި  ބޭނުންކޮށް، ގެންގުޅެ އަދި ޓްރެފިކް ކުރުމުގެ ތުހުމަތަށް ހައްޔަރުކުރި ސ. ހުޅުދޫ، ސެލްޓަން، މުހައްމަދު ރަޝީދު، 49، ގެ ބަންދަށް 30 ދުވަސް އިތުރުކޮށް ނެރުނު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ  ސައިކަލެއްގެ މަޑި ހުޅުވައިގެން ހުއްޓާ ފުލުހުން ފެނުމާ އެކު ހާސްވެ، މަޑި ލެއްޕުމުން ފުލުހުންނަށް ޝައްކު ކުރެވިގެންނެވެ.  

އޭނާ މަޑި ހުޅުވައިގެން ހުރި ސައިކަލާއި އެއާ ޖެހިގެން ހުރި ސައިކަލުގެ މަޑި ދަށުން ވެސް މަސްތުވާތަކެތި ކަމަށް ބެލެވޭ ކޮތަޅުތަކެއް ފުލުހުންނަށް ފެނުނެވެ. އަމުރުގައި ބުނެފައިވާ ގޮތުގައި ދެ ވަނަ ސައިކަލުގެ ވެރިފަރާތް ހާޒިރުކޮށް ހުއްދަ ނެގުމަށް ފަހު މަޑި ހުޅުވީ ގަދަކަމުންނެވެ. އަދި ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެ އެވެ. 

ތުހުމަތުކުރެވޭ މީހާ ދިރިއުޅޭ ގޭގައި އެ ސައިކަލުތައް ފެންނާނެހެން ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާ ހުރި ކަމަށާއި އެ ކެމެރާތަކުގެ ހާޑް ޑިސްކް ނައްތާލަން ވެސް މަސައްކަތްކުރި ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ. އެކަމުގެ މައުލޫމާތު އާންމުންގެ ފަރާތުން ލިބުުމުން އެ ސަރަހައްދަށް ފުލުހުން ދިޔައިރު އޭނާގެ ދޮންދަރިއަކު ދަބަހެއް ހިފައިގެން ނުކުންނަނިކޮށް ފެނުނު ކަމަށާއި އޭނާ ހުއްޓުވައި ފާސްކުރި އިރު އެ ދަބަހުގެ ތެރެއިން ހާޑް ޑިސްކާއި ޕެންޑްރައިވްތަކެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރި އިރު ވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހޭކިފައި ހުރި ތަކެތި ފެނިފައިވެ އެވެ. 

މި މައްސަލައިގައި ހެކީގެ ގޮތުގައި މާލޭ ކަސްޓަޑީ ހާދިސާގެ ރިޕޯޓު ހުށަހަޅާފައި ވާއިރު އޭގައި ބުނެފައިވަނީ އޭނާ ގޮޅިއަށް ވެއްދުމުގެ ކުރިން ގާތުން ބަލައިފާސްކުރުމުގެ ތެރޭގައި، ފުރަގަސްފަރާތުގައި އެއްޗެއް ރައްކާކޮށްފައި ހުރިކަމަށް ތުހުމަތުކުރެވިގެން އެ ނަގައިދިނުމަށް ފުލުހުން އެދުމުން އޭނާގެ ފުރަގަސް ފަރާތުން ދެ ތަޅުދަނޑި ނަގައި ފުލުހުންނާ ހަވާލުކުރި ކަމަށެވެ. މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވާ ދެ ސައިކަލު އެ ދެ ތަޅުދަނޑިން ހުޅުވިފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. 

ޕިޒިކަލް އެގްޒެމިނޭޝަން ރިޕޯޓުގައި ވަނީ އޭނާ ލައިގެން ހުރި ސޯޓުގެ ލޫޕްގައި ތަޅުދަނޑިފައްޗެއް އަޅުވާފައި އޮތް ކަމަށާއި އެ ތަޅުދަނޑި އާއި ފުލުހުން ފެނުނުއިރު އޭނާ ހުޅުވައިގެން ހުރި ސައިކަލުގެ މަޑިދަށުން ނެގި ތަޅުދަނޑިއާ އެއްގޮތް ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް