logologologologo
STO
ޚަބަރު

އިއްޔެ ވައިގެ މަގުން އެތެރެކުރަން އުޅުނު 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

އިއްޔެ ވައިގެ މަގުން އެތެރެކުރަން އުޅުނު 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 10

އިއްޔެ ވައިގެ މަގުން އެތެރެކުރަން އުޅުނު 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ބުނީ، 09 ޖޫން 2026 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ އަތުލައިގަނެފައި ވަނީ 8 ކިލޯ 490 ގުރާމްގެ ހަޝިޝް އޮއިލް ކަމަށެވެ.

އަތުލައިގަތް ތަކެތީގެ މަަގުމަތީއަގު، 6 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މި ތަކެތި އަތުލައިގެންފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް