ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ހިފަހައްޓައިފި

ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން ހިފަހައްޓައިފިއެވެ.
ކަސްޓަމްސްއިން ބުނީ މިތަކެތި ހިފަހައްޓާފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މި މަހުގެ 22 ގައި ކަމަށެވެ.
ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މި ތަކެތީގެ ބަރުދަނުގައި 1150 ގުރާމް ( އެއް ކިލޯ އެއްސަތޭކް ފަންސާސް) ހުރިކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ މިތަކެތީގެ މަގުމަތީ އަގު ޖުމްލަ 3.3 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވަން ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާޏް ވިދާޅުވީ މާރިޗު މަހުގެ 4އިން ފެށިގެން މިއަދާ ހަމައަށް ކަސްޓަމްސްއާއި ފުލުހުންގެ މަސައްކަތުން 39.4 ކިލޯ ގުރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.
މި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށާއި އެގޮތުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރެވޭ މުހިންމު މަސައްކަތުގައި މި އަހަރު ވަނީ ބޮޑެތި ނަތީޖާތަކެއް ހޯދިފައި ކަމަށް ވަޒީރު އިޙްސާން ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
އިތުރަށް





.gif.gif&w=828&q=100)
