
ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފި
ޒައުޖަތު އަޙުމަދުރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަންޓަމްސްއިން ބުނީ މިތަކެތި އަތުލައިގަތީ 20 މާރިޗް 2026 ގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
ކަސްޓަމުން ބުނީ އެ ދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 5 ކިލޯ 370 ގުރާމުގެ ކެނަބިސް ފަތާއި 6 ކިލޯ 590 ގުރާމުގެ ހަޝިޝް އޮއިލް ހިމެނޭ ކަމަށެވެ.
މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 11 ކިލޯ 960 ގުރާމު ހުރިއިރު، މި ތަކެތީގެ މަަގުމަތީއަގު 4,296,000 (4 މިލިއަން 296 ހާސް) ދިވެހި ރުފިޔާއަށް އަރާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މިތަކެތި ރާއްޖެ އެތެރެ ކުރަން އުޅުނީ ކޮން ޤައުމެއްގެ ބައެއްކަން ކަސްޓަމުން ހާމަކޮށްފައެއް ނުވެއެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވަން ކުރަންޖެހޭ މަސައްކަތްތައް ވަރުގަދަކޮށް، ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
އެގޮތުން ކުރަމުން އަންނަ މަސައްކަތުގައި މި އަހަރުން ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 72.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން މި މަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފައިވެއެވެ.
ވަޒީރު އިހުސާން ވިދާޅުވީ މި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށާއި އެގޮތުން ޑުރަގް އެތެރެކުރުން ހުއްޓުވަން ކުރެވޭ މުހިންމު މަސައްކަތުގައި މިދިޔަ ދޮޅު މަހެއްހާ ދުވަހު ވަނީ ބޮޑެތި ނަތީޖާތަކެއް ހޯދިފައި ކަމަށެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގެންފި2026 މާރިޗު 07
ތައިލެންޑް ޖަލެއްގައި ހުރި ދިވެއްސަކު ނިޔާވެއްޖެ2026 މާރިޗު 06
ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯގެ ހިރޮއިން އަތުލައިގެންފި2026 މާރިޗު 01