ރާއްޖެއަށް، ސިއްރުން އެތެރެކުރަން އުޅުނު 2 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ސްޓިކްސް އަތުލައިގެންފި

ރާއްޖެއަށް، ސިއްރުން އެތެރެކުރަން އުޅުނު 2 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ސްޓިކްސް އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 2,304,200 ސިނގިރޭޓު ސްޓިކްސް ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ.
މި ތަކެތި އަތުލައިގަނެފައިވަނީ، ރާއްޖެއަށް ކަނޑުމަގުން ގެނައި ޝިޕްމެންޓެއްގައި ފޮރުވައިގެން ސިނގިރޭޓް އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، 2026 މެއި 14 އަދި 15 ވަނަ ދުވަހު ކަސްޓަމްސްއިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
އެ އިދާރާއިން ބުނީ މިއީ، ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނުތަކެތިކަމަށް ބެލެވޭތީ، ކަސްޓަމްސްއިން ގެންދަނީ އެ މައްސަލަ އިތުރަށް ތަޙްޤީގުކުރަމުން ކަމަށެވެ.
ޑިއުޓީގެ ގޮތުގައި އަރާނެކަމަށް ލަފާކުރެވޭ ޢަދަދު: 18،700،080.73 ރުފިޔާއަށް އަރާ ކަމަށާއި އަދި ޖޫރިމަނާގެ ގޮތުގައި
2،050،000.00 ރުފިޔާ އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި ތަކެތި އަތުލައިގަތީ މާލޭ ވިޔަފާރި ބަނދަރުންނެވެ.
އިތުރަށް





.gif.gif&w=828&q=100)