ހިތަދޫ ބައި އިލެކްޝަން- ތިން ރައީސުން ގުޅިގެން ތަފާތު ކުރެވުނީ އެންމެ 62 ވޯޓު: ޝުޖާ

ހިތަދޫ ބައި އިލެކްޝަންގައި ތިން ރައީސުން ގުޅިގެން ތަފާތު ކުރެވުނީ އެންމެ 62 ވޯޓު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބުރާހީމް ޝުޖާ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް ޢަބްދުﷲ ޞާދިޤު ކާމިޔާބުކުރެއްވުމާއި ގުޅިގެން ޝުޖާ މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް މުޢިއްޒު އާ ވާދަކުރައްވާ ތިން ރައީސުން ގުޅިގެން ތަފާތު ކުރެވުނީ އެންމެ 62 ވޯޓު ކަމަށެވެ.
"ތިރީގައި އެވަނީ 3 ރައީސުން އެކުވެގެން ބައި - އިލެކްޝަނުން ހޯދި ނަތީޖާއާއި ރައީސް ޑރ މުޙައްމަދު މުޢިއްޒު އެކަނި ހޯއްދެވި ނަތީޖާ. ރަގަޅަށް ބައްލަވާ! ތަފާތު ކުރެވުނީ އެންމެ 62 ވޯޓް." ބައި އިލެކްޝަންގެ ނަތީޖާ ޝީޓެއް ހިއްސާ ކުރައްވާ ޝުޖާ ވިދާޅުވެފައިވެއެވެ.
ޕީއެންސީގެ ނައިބު ރައީސްގެ މަޤާމު ވެސް ފުރުއްވާ ޝުޖާ ވިދާޅުވީ ރައީސް ޑރ މުޢިއްޒު މި ނަތީޖާ ހޯއްދެވީ އެމްޑީޕީ ވެރިކަމުގައި ބައި-އިލެކްޝަންތަކުގައި މުޅި ދަޢުލަތް ލޫޓުވާލި ގޮތަށް ނޫން ކަމަށާ ކޮމަންޑޫ އާއި ގުރައިދޫ ދާއިރާއަށް މުޅި ދައުލަތް އޮއްސާލެއްވި ގޮތަކަށް ނޫން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިނަތީޖާ ޕީއެންސީން ހޯއްދީ އާސަންދަ، އެންސްޕާ ގެ ވެރިން ލެޕްޓޮޕްތައް ހިއްޕަވައިގެން ހިތަދޫ އަށް އަރުވާގެން ނޫން ކަމަށާ އަދި ވަޒީފާތަކާއި ޕްރޮމޯޝަންތައް އޮއްސައިގެނެއް ނޫން ކަމަށެވެ.
"ވީމާ ތިރީގައިވާ ނަތީޖާއިން ތިޔަ 3 ރައީސުންނަށް މޮޅުތަކެއް ނުލިބޭ.ތިބޭފުޅުންނަށްވެސް ލިބޭނީ ނަތީޖާއިން ޝޮކެއް.
ރައީސް ޔާމީން އިންނެވީ ގޭގައި ކޯލްސެންޓަރ ހައްދަވައިގެން ރައްޔިތުންނަށް ގުޅަން.ރައީސް ނަޝީދާއި ރައީސް ސޯލިހް ހިތަދޫ ޑޯޓު-ޑޯ ހިންގެވުމުގައި." ޝުޖާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މެމްބަރު ޝުޖާ ވިދާޅުވީ ރައީސް ޔާމީނު އެމަނިކުފާނުގެ ގެކޮޅުގައި ކޯލްސެންޓަރު ހައްދަވައިގެން، ރައީސް ނަޝީދު އަދި ރައީސް ޞާލިޙް ހިތަދޫގައި ޑޯޓުޑޯ ހިންގެވުމުގައި އުޅުއްވިއިރު، ރައީސް ޑރ މުޢިއްޒު އިންނެވީ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި 3 ރައީސުން ނެންގެވިހާ ލޯނު ދައްކަވައި ޤައުމުގެ ރޭޓިންގ ރަގަޅުކުރެއްވުމަށް ކުރައްވަންޖެހިވަޑައިގަންނަވާ މަސައްކަތްޕުޅުތައް ކުރެއްވުމުގައި އަވަދިނެތި ޤައުމު ހިންގެވުމަށް ކަމަށެވެ.
މި ބައި އިލެކްޝަންގައި ވާދަކުރީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަޙުމަދު ސަޢީދު، އާންމުނަމުންނަމަ ސޮޑާ އާއި އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް، އާންމުނަމުންނަމަ ސޯބެއެވެ. ސޯބެ ވާދަކުރައްވަނީ އެމްޑީޕީ ޓިކެޓުގައެވެ. ސޮޑާއަކީ ޕީއެންސީގެ ކެންޑިޑޭޓެވެ.
މިއަދުގެ 5 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން ޞާދިޤަށްއަށް 1375 ވޯޓު ލިބިލެއްވިއިރު ސަޢީދަށް ލިބިލެއްވީ 1313 ވޯޓެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބޭއްވީ އެ ދާއިރާގެ ޕީއެންސީ މެންބަރު، މުޙައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަން ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ޙުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ޕްރައިމަރީގައި ވާދަކުރީ ސިނާން އަދި ސޮޑާއެވެ. ސިނާން އެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް ފަހުން ނިންމެވީ ޓިކެޓު ދޫކޮށްލުމަށެވެ. އެހެންވެ، ޕީއެންސީން ޓިކެޓު ދިނީ ސޮޑާއަށެވެ.
އިތުރަށް





.gif.gif&w=828&q=100)