logologologologo
STO
ޚަބަރު

ހިތަދޫ ބައި އިލެކްޝަންގެ ވޯޓުލާ ވަގުތު އިތުރުކޮށްފި

ހިތަދޫ ބައި އިލެކްޝަންގެ ވޯޓުލާ ވަގުތު އިތުރުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 06

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ހަވީރު5:00 އާއި ހަމައަށް އިތުރުކޮށްފިއެވެ.

މިއަދު ހެނދުނު 8:00 ން ފެށިގެން ކުރިއަށްދާ މި އިންތިޚާބުގައި ހަވީރު 4:00 އާއި ހަމައަށް 2563 މީހުން ވޯޜުލާފައިވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ. މިއީ ވޯޓުލުމުގެ ޙައްޤުލިބޭ މީހުންގެ 62.19 އިންސައްތައެވެ.

މި އިންތިޚާބުގައި އައްޑޫސިޓީ ހިތަދޫ ސްކޫލުގައި 5 ފޮށި ބަހައްޓާފައިވާއިރު މާލޭގައި ދަރުމަވަންތަ ސްކޫލުގައި 2 ފޮށި ބަހައްޓާފައިވާކަން ފާހަގަ ކުރެވެއެވެ.

މި ބައި އިލެކްޝަންގައި ވާދަކުރަނީ ދެ ބޭފުޅުންނެވެ. އެއީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަޙުމަދު ސަޢީދު، އާންމުނަމުންނަމަ ސޮޑާ އާއި އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް، އާންމުނަމުންނަމަ ސޯބެއެވެ. ސޯބެ ވާދަކުރައްވަނީ އެމްޑީޕީ ޓިކެޓުގައެވެ. ސޮޑާއަކީ ޕީއެންސީގެ ކެންޑިޑޭޓެވެ. އަދި ސޯބެއަކީ އެމްޑީޕީގެ ކެންޑިޑޭޓެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ ޕީއެންސީ މެންބަރު، މުޙައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަން ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ޙުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ޕްރައިމަރީގައި ވާދަކުރީ ސިނާން އަދި ސޮޑާއެވެ. ސިނާން އެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް ފަހުން ނިންމެވީ ޓިކެޓު ދޫކޮށްލުމަށެވެ. އެހެންވެ، ޕީއެންސީން ޓިކެޓު ދިނީ ސޮޑާއަށެވެ.

މި ބައި އިލެކްޝަންސްގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ 4121 މީހަކަށެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް